ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަމަޟާންމަހު ފަހު 10އެއް: މާލޭގައި ޖަމާއަތުގައި ދަމުނަމާދުކުރާ މިސްކިތްތަކުގެ ލިސްޓު އާއްމުކޮށްފި

މި ރޯދަމަހުގެ 27 ވިލޭރޭ އިސްލާމީ މަރުކަޒުގައި ދަމުނަމާދު ކުރަނީ. ފޮޓޯ: މިހާރު
މި ރޯދަމަހުގެ 27 ވިލޭރޭ އިސްލާމީ މަރުކަޒުގައި ދަމުނަމާދު ކުރަނީ. ފޮޓޯ: މިހާރު

މި ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގެ ތެރެއިން ދަމުނަމާދު ކުރުމުގެ އިތުރަށް އިއުތިކާފުގައި ތިބުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު އާއްމުކުރި ލިސްޓުގައިވާ ގޮތުން މާލޭ ސަރަހައްދުގައި 35 މިސްކިތެއްގައި ތަހައްޖުދު ނަމާދު ނުވަތަ ދަމުނަމާދު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތެއްގެ އިތުރަށް ހުޅުމާލޭ ފުރަތަމަ ފިޔަަވަހީގެ ހަ މިސްކިތަކާއި ދެވަނަ ފިޔަވަހީގެ ފަސް މިސްކިތެކެވެ.

މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި:

  • އިސްލާމީ މަރުކަޒު
  • ސަލްމާން މިސްކިތް
  • ފުރުގާން މިސްކިތް
  • ވިޔަފާރިވެރިންގެ މިސްކިތް
  • ނޫރު މިސްކިތް
  • ޝަހީދު އަލީ މިސްކިތް
  • ޠައިބާ މިސްކިތް
  • ދުނބުރި މިސްކިތް
  • ފަނޑިޔާރު މިސްކިތް
  • ބަންޑާރަ މިސްކިތް
  • ޞަލާޙުއްދީން މިސްކިތް
  • ޖަލާލުއްދީން މިސްކިތް
  • އިބްރާހީމް މިސްކިތް
  • އިސްކަންދަރު މިސްކިތް
  • ބޮޑުގެ ވަގުތީ މިސްކިތް
  • ރަންމިސްކިތް
  • ފައިފުހޭ މިސްކިތް
  • މާވެޔޮ މިސްކިތް
  • ޢަފީފުއްދީން މިސްކިތް
  • އާމިސްކިތް
  • ޛިކްރާ މިސްކިތް

ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

  • ވައްގުއްބު މިސްކިތް
  • މަސްޖިދު ރަޝީދު
  • ޢަޒީޒާ މޫސާ މިސްކިތް
  • މަސްޖިދުލްއަޞްދިޤާ
  • މަސްޖިދުލް ވާލިދައިނި
  • މަސްޖިދު މުޙައްމަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދަމުނަމާދު ކުރާ މިސްކިތްތައް:

  • މަސްޖިދު ޙަސަން ޢާދަމް
  • މަސްޖިދު އީމާން
  • މަސްޖިދު އަމީލް ޖަލީލް
  • މަސްޖިދު އަބީބަކުރިނިއްޞިއްދީޤް
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން

ވިލިމާލޭގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

  • މަސްޖިދުލްބިއްރި
  • މަސްޖިދުއްސަލާމް
  • މަސްޖިދުލްއިޚްލާސް

ކޮންމެ އަހަރަކުވެސް ފަހު ދިހައިގައި މާލޭ ސަރަހައްދުގައި ތަހައްޖުދު ނަމާދު ޖަމާއަތުގައި ކުރާ މިސްކިތްތަކުގެ ލިސްޓު އިސްލާމީ ވުޒާރާއިން އާއްމުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރޯދަމަހުގެ ފަހު ދިހައިގައި އަޅުކަމުގައި ޝާމިލުވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަހު ދިހައިގެ ދުވަސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ.