ޓްރަމްޕް ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެކަން އިޢުލާން ކުރައްވައިފިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ ގަޑިން ހަވީރު 5:30 ގައެވެ. އެއީ ރާއްޖޭގެ ގަޑިން މިރޭ ދަންވަރު 2:30 އެވެ
ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމުގައި އޭނާ ވިދާޅުވީ، މިއަދަކީ ވަރަށް ގިނަ މުހިންމު ބައްދަލުވުންތަކާއި ފޯނު ކޯލްތަކެއް ކުރިއަށްދާ ދުވަހެއް ކަމަށެވެ.
Ads by BMLއަދި ރިޕަބްލިކަން ޕާޓީގެ ފަންޑްރެއިޒިންގް ހަރަކާތަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ވަކި ޚާއްޞަ މައުޟޫޢެއް ރައީސް ހާމަނުކުރެއްވި ނަމަވެސް، މި ބައްދަލުވުން ތާވަލުކޮށްފައިވަނީ އެމެރިކާގެ ހިއްސާގެ ބާޒާރު ބަންދުކުރާ ވަގުތަށް ފަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ހިއްސާގެ ބާޒާރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ގޭހުގެ މައިގަނޑު ސަޕްލައިއަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
މީގެ އިތުރުން، ވިޔަފާރި މަރުކަޒުތަކުގައި ތިބި ބޭރުގެ ފަރާތްތަކުން އެ ސަރަހައްދުތައް ދޫކޮށް ދާން ފަށާފައިވާއިރު، އަސްކަރީ މަރުކަޒުތަކާއި، ސަރުކާރުގެ އިމާރާތްތަކާއި، ތެލާއި ފެނުގެ ވަސީލަތްތަކުގެ އިތުރުން ހޮޓާތަކާއި ސްކޫލުތަކަށް ބޮން އެޅުމުގެ ސަބަބުން އެތައް މިލިއަން މީހުންނެއް ވަނީ ރައްކާތެރިކަން ހޯދުމަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.
Ads by MACL
