އީރާންގެ އިންޒާރެެއް ނަތަންޔާހޫއަށް: މިރޭ ފެށިގެން ތިކޮޅަށް ދެން ފޮނުވާނީ އެންމެ ބާރުގަދަ "ސްޓީލް މޮންސްޓާ" ރޮކެޓް
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިޒްރޭލަށާއި އެގައުމުގެ ހައްދުފަހަނައެޅި ބޮޑު ވަޒީރު ނަތަންޔާހޫއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެ ޖަމާއަތުން ހާމަކުރި ގޮތުގައި މިރޭ ފެށިގެން އިޒްރޭލަށް އަމާޒުކޮށް ކުދި ރޮކެޓްތައް ފޮނުވުން ފެން ހުއްޓާލީ އެވެ. ދެން މިރޭން ފެށިގެން އިޒްރޭލަށް އަމާޒުކޮށް ފޮނުވާނީ އެމީހުންގެ އަތުގައި ހުރި އެންމެ ބަރު އަދި އެންމެ ނުރައްކާތެރި ބާރުގަދަ ހަތިޔާރުތައް ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުދި ރޮކެޓްތައް ބޭނުންކުރި ދުވަސްވަރު މިހާރު މާޒީވެ ގޮސްފި ކަމަށެވެ. އަދި މިރޭ ފެށިގެން އިރާނުގެ ހަގީގީ ބާރާއި، އެގައުމުގެ ހަތިޔާރުތަކުން ދެވޭނެ ބޮޑެތި ގެއްލުންތައް އިޒްރޭލަށް ވަރަށް ރަނގަޅަށް ދައްކާލާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި އިންޒާރުގައި އިތުރަށް ބުނެފައިވަނީ، ދެން ބޭނުންކުރާނީ އެއް ޓަނަށްވުރެ ގިނަ ގޮވާތަކެތި އުފުލޭ ވަރުގެ "ދަގަނޑު މޮންސްޓާ" ރޮކެޓްތައް ކަމަށެވެ. މިއީ އައިއާރުޖީސީގެ އާސެނަލްގައި ހުރި އެންމެ ބަރު ރޮކެޓްތައް ކަމަށާއި، މި ހަތިޔާރުތައް މިހާރު ހުރީ އިޒްރޭލުގެ މެދުތެރޭގެ ސަރަހައްދުތަކަށް އަމާޒުކުރެވިފައި ކަމަށްވެސް އެ ފަރާތުން ހާމަކުރެއެވެ.
މި ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ބޮޑެތި ހަލާކުތަކެއް އިޒްރޭލަށް ލިބިގެންދާނެ ކަމަށް ބުނެ އައިއާރުޖީސީން ވަނީ އެގައުމުގެ އަސްކަރީ ގާބިލްކަމާ މެދު އިންޒާރު އައުކޮށްފައެވެ. މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
