ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ނަޝީދުގެ ވިސްނުމާއި އެމްޑީޕީން ދެކޮޅު، އިންތިހާބު އެއްބުރުން ނިންމުމަށް ތާއީދެއްނެތް: ފައްޔާޒު

ރައީސް ނަޝީދާއިއެކު ކުރީގެ ރައީސް ސޯލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު
ރައީސް ނަޝީދާއިއެކު ކުރީގެ ރައީސް ސޯލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު

ޕްރެފެރެންޝަލް ވޯޓާއިއެކު އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން ސަރުކާރުގެ ވިސްނުމަށް ރައީސް ނަޝީދު ތާއީދު ކުރިޔަސް އެމްޑީޕީން އެ ވިސްނުމާއި ދެކޮޅު ހަދައިފިއެވެ.

ޕްރެފެރެންޝަލް ވޯޓިންއަކަށް ދިއުމަށް ވިސްނުން ގެންގުޅުއްވާކަމަށް ރައީސް މުއިއްޒު ހާމަކުރެއްވީ މުލިއާގޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އަދި ރައީސް ޑރ މުއިއްޒު ވަނީ މި ހިޔާލު މަޖިލިސް މެމްބަރުންނަށް އަރުވާފައެވެ. އަދި އެކަން ގިނަ މެމްބަރުންގެ ތާއީދުވެސް ލިބިފައިވެއެވެ.

މިއާއިއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކިއެކީގައި ބާއްވަންވެސް ވަނީ ހުށައަޅާފައެވެ.

ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.


އެކަމަކު، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.


މިހިޔާލުތަކާއި އެކު ސަރުކާރުގެ ވިސްނުމާއި އަދި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށައަޅައިގެން ފާސްކުރާނެކަމަށް ބެލެވެއެވެ.

މިހިޔާލު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ވައިރަލް ވަމުންދާއިރު ހާއްސަކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މި ކެމްޕެއިން ކުރަމުންނެވެ. އަދި ގިނަ ރައްޔިތުންގެ ތާއީދު މިކަމަށް ލިބޭކަމަށް ފާޅުކުރާ ހިޔާލުތަކުން އެނގެއެވެ.


ޕްރެފެރެންޝަލް ވޯޓިންތައް ހިނގާ ގޮތް ކުރު ގޮތަކަށް:




  • ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް





  • 50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް" ގެ ރޭންކިންގައި ވޯޓު ދީފިނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ





  • 50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ "ދޭއް" ރޭޓިންއަށް؛ "ދޭއް ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓު ނުލާ





  •  "ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ


މިމަސައްކަތުގައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެކަމަށް ބެލެވެއެވެ.