އީރާނާއެކު ކުރާ ހަނގުރާމަ މިހާރު އޮތީ ނިމުކަމާއި ގާތުގަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެ ހަނގުރާމައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ފްލޮރިޑާގެ ޑޯރަލްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައި ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ހަނގުރާމަ މިހާރު މިއޮތީ ވަރަށް ބޮޑަށް ފުރިހަމަވެފައި. އެމީހުންގެ އަތުގައި މިހާރު ކަނޑުގެ ސިފައިންނެއް ނެތް، މުއާސަލާތީ ވަސީލަތްތަކެއް ނެތް، އަދި ވައިގެ ސިފައިންނެއްވެސް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އީރާނަށް ދެމުންދާ ހަމަލާތައް ނިންމާލުމަށް ކުރިން އަންދާޒާކުރި ހަތަރު ހަފްތާއާއި ފަސް ހަފްތާއާ ދެމެދުގެ މުއްދަތަށްވުރެ މާ އަވަހަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ކުރިއެރުންތައް ހޯދަމުންނެވެ. މި މަސައްކަތްތައް ތާވަލަށްވުރެ މާ ކުރީގައި އުޅޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ވާހަކަފުޅަކީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަވެފައިވާކަން ހާމަކުރުމުގެ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކެކެވެ.
Ads by BML
Ads by MACL
