ހަނދާނާއި ތާރީޚުގެ ތެރެއިން: 3 އިންތިޚާބު އެކީގައި ބާއްވަން ފެނޭ: ރައީސް ސޯލިހު
ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށް ބޭއްވުމަކީ ގައުމުގެ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ކުރީގެ ރައީސް ޞާލިޙް ވިދާޅުވެ ދެއްކި ވާހަކަފުޅު އަނެއްކާވެސް ތިލަ ވެއްޖެއެވެ.
ރަށްވެހި ފަތިސް ކެމްޕެއިންގައި ހދ. ނޮޅިވަރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވިދިވިދިގެން ތިން އަހަރު ތިން ބޮޑު އިންތިޚާބު ބޭއްވުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ވަކިވަކިން އިންތިޚާބުތައް ބޭއްވުމަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެޅޭ ހުރަހެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ތިން އިންތިޚާބު އެއްކޮށް ބޭއްވުމުން ތަރައްގީގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އެހެންނަމަވެސް މިހާރު ރާގު ބަދަލުކުރައްވައި އެ،ްޑީޕީގެ ސްޓޭންޑަކީ ސަރުކާރާއި ދެކޮޅަށް އެވޯޓުގައި މަސައްކަތް ކުރުމެވެ. ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ ވާހަކަ ދެކެވެމުންދާއިރު، އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް މައުޟޫއަކީ ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމެވެ. މިސާލަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ނުވަތަ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި އަމަލުކުރަމުންދާ، އަދި ރާއްޖެއަށްވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެކެވެ.
Ads by BMLއިންތިހާބެއް ބޭއްވުމަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގާ ކަމެކެވެ. ވޯޓު ކަރުދާސް ޗާޕުކުރުމާއި، އޮފިޝަލުން ތަމްރީނުކުރުމާއި، ވޯޓުފޮށިތައް ރަށްރަށަށް ފޮނުވުމަށް ކުރާ ހޭދަ، ދެ އިންތިހާބު އެއްކޮށްލުމުން ދެބައިކުޅަ އެއްބަޔަށް ކުޑަކުރެވިގެންދާނެއެވެ. މިއީ ގައުމުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ތަޖުރިބާތަކުން ދައްކާގޮތުގައި، ގިނަ އިންތިހާބުތަކެއް ކައިރިކައިރީގައި ބޭއްވުމުން ރައްޔިތުން އިންތިހާބުތަކަށް ދޭ ޝައުގުވެރިކަން ކުޑަވެއެވެ. ނަމަވެސް، މުހިންމު ދެ އިންތިހާބު އެއްކޮށްލުމުން، ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ޑިމޮކްރެސީގެ ރޫހު ވަރުގަދަވެގެންދެއެވެ.
Ads by MACL
