މާރިޔާއަށް ނާޒިމްގެ ރައްދު: ތިޔައީ ދޮގެއް؛ ގާނޫނުއަސާސީ އިސްލާހުކުރިއިރު ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅުނު
މިހާރު އަމަލުކުރެވެމުންދާ ގާނޫނުއަސާސީ އެކުލަވައިލި މަރުހަލާގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމާމެދު މަޝްވަރާކުރެވިފައިނުވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް ރައްދުދެއްވައި އެ ވާހަކައަކީ ދޮގެއްކަން ސާބިތުކޮށްދެއްވައިފި އެވެ.
އޭޕްރީލު ހަތަރުވަނަ ދުވަހުގައި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއެކު ނަގާ ރައްޔިތުންގެ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް ގޮވައިލާ އިދިކޮޅު ފަރާތްތަަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ގާނޫނުއަސާސީ އެކުލަވައިލިއިރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ބަހުސްކުރެވިފައި ނެތްކަމަށް ވިދާޅުވެފަ އެވެ.
ނާޒިމު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާމެދު ބަހުސްކުރެވުނު ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ ފާސްކުރެވި ތަސްދީގުކުރުމަށްފަހު ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތިން ހުށަހެޅުމެއް ހުށަހެޅިފައިވެއެވެ.
"ރިިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވެއެވެ. އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީއެވެ. އެކަމާ ގުޅޭގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙެކެވެ." ނާޒިމް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފުރަތަމަ ހުށަހެޅުމަކީ ހާއްސަ މަޖިލީހުގެ މާލޭ މެންބަަރު އަދި އެމްޑީޕީގެ ފުރަތަަމަ ރައީސް އިބްރާހީމް އިސްމާއީލު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް އަމަލުކުރާން ފަށާ ދުވަހުން ފެށިގެން ހަ މަސްދުވަހާއި އަށް މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުއެކީ ބޭއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
Ads by BMLހަމައެހެންމެ ތިންވަނަ ހުށަހެޅުއްވުމުގެ ގޮތުގައި އޮތީ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ގޮތެވެ. އެއީ ގާނޫނުއަސާސީއަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ހަ ަމސްދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކުގައި ބާއްވަން ހުށަހަޅުއްވާފައިވެއެވެ.
ތިންވަނަ ހުށަހެޅުމެއްގެ ގޮތުގައި އޮތީ މާޅޮސްމަަޑުލު އުތުރު ބުރީގެ މެންބަަރު ޝާހީން ޙަމީދު ހުށަހެޅުއްވި ގޮތެވެ. އެއީ ހަ މަސްދުވަހާއި އަށް މަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ދެން އޮންނަަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަަށެވެ.
މި ތިން ހުށަހެޅުން ހިއްސާކުރައްވައި ނާޒިމު ވިދާޅުވީ އެ ހުށަހެޅުންތަކާމެދު ބަހުސްކުރެވި އެ ހުށަހެޅުންތަކާމެދު ގޮތްތަކެއް ނިްނމެުނު ކަމަށެވެ. އެހެންކަމުން އެއް ދުވަހެއްގައި މި ދެ އިންތިހާބު ބޭއްވުމަކީ ހާއްސަ މަޖިލީހުގައި ބަހުސްކުރެވިފައި އޮތް މައުޟޫއެއްކަަން ނާޒިމުގެ ޕޯސްޓުން ޔަގީންވެއެވެ.
Ads by MACL
