މި ސަރުކާރަށް ނިސްބަތްވާ އެއްވެސް ވަޒީރަކު، އަދި މެމްބަރަކު ވެސް ރާއްޖެ ބަދުނާމު ކުރަން މަސައްކަތެއް ނުކުރާނެ: ޚަލީލް
ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ކަންކަން ކުރަނީ ދިވެހި ވަންތަ ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި ކަމަށާއި، މި ސަރުކާރަށް ނިސްބަތްވާ އެއްވެސް ވަޒީރަކު ވެސް އަދި މެންބަރަކު ވެސް މި ރާއްޖެ ބަދުނާމު ކުރުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ހާރިޖީ ވަޒީރު ވަނީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާވޯޓަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަމުންދާތީވެ އެކަމާ ގުޅޭގޮތުން ބައެއް ކަންކަން ފާހަގަކުރައްވައި ވާހަކަދައްކަވާފަ އެވެ.
އެގޮތުން ވަޒީރު ހަލީލް ވިދާޅުވީ، ކުރަން މިއުޅޭ ކަމަކީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރިގޮތެއް ބެލުންކަމަށާއި، މިކަމުންވެސް އެނގެނީ ސަރުކާރުގެ ނުވަތަ މަޖިލީހުގެ މެމްބަރުންގެ އޮތް އިހުލާސްތެރިކަން ކަމަށެވެ. އެހެންކަމުން މިކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހާރިޖީ ވަޒީރު ވިދާޅުވީ، މިކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ރައްޔިތުންނާ ހަމަޔަށް ނުގޮސްވެސް ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނިންމޭގޮތަށް އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް ތެދުވެރިވީމަ، ރައްޔިތުންނާ އިހްލާސްތެރިވީމަ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯ އަހަން ނިންމީ ކަމަށެވެ.
Ads by BML"މި ތިއްބެވި މެންބަރުންނާ އެކު ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ރައްޔިތުންނާ ހިސާބަށް ނުގޮސްވެސް މިކަން ނިންމެން އެބައޮތް. އެކަމަކު ތެދުވެރިވީމަ، ރައްޔިތުންނާ އިހްލާސްތެރިވީމަ ރައްޔިތުން ކައިރިއަށް ގޮސް މި އަހަނީ ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯއޭ."
ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލް
ވަޒީރު ވިދާޅުވީ މިބާވަތުގެ ކަންކަމުގައި ރައްޔިތުން ކައިރިއަށް ދާތީ ބިރުގަންނަން ޖެހޭނެ ސަބަބެއް ނެތްކަމަށާއި، ރައްޔިތުންނާ ހިސާބަށް ދިއުމަށް މިގޮތަށް ބިރުގަންނަ ކަމަށްވަންޏާ އޭގެ މާނައަކީ ސިޔާސީ ކަންކަމަށް ކުފޫ ހަމަ ނުވަނީކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަދުގެ މި ސަރުކާރުން ކުރާ ކޮންމެ ކަމަކީ ވެސް ދިވެހި ވަންތަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރާ ކަންކަން ކަމަށާއި މި ސަރުކާރަށް ނިސްބަތްވާ ވަޒީރަކު ވެސް އަދި މެންބަރަކު ވެސް މި ރާއްޖެ ބަދުނާމު ކުރުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށެވެ. އެހެންނީ މި ސަރުކާރުގައި ތިއްބެވީ އެއަށްވުރެ މާ ގައުމީ ވަންތަ ބައެއްކަން ވަޒީތު ވަނީ ފާހަގަކުރައްވާފަ އެވެ.
ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއެކު ބައިނަލްއަޤްވާމީ ދުނިޔެއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަވެގެން ހިނގައްޖެކަމަށެވެ.
އިސްރާއީލް ފިޔަވައި ދިވެހިރާއްޖެއާ ގާތުން މަސައްކަތްކަތް ކުރާ ހަމަ ކޮންމެ ޤައުމަކާއެކު ރާއްޖެއިން ގާތްގުޅުން ބާއްވާނޭކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، ވިސްނުން ތަފާތުވި ނަމަވެސް މި ގައުމު ދެކެވާ ލޯބިވާނަމަ އެއްވެސް މީހަކު ގައުމުގެ ކަރާމާތާއި އަބުރު ކަފުން ކޮށް ވަޅުލައިގެން ނުވާނެކަމަށެވެ.
Ads by MACL
