ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ބައިނަލްއަގުވާމީ އެއްބަސްވުންތައް އުވާލަން މުޖުތަބާ ޚާމަނާއީ ނިންމަވައިފި

އީރާނުގެ މިހާރުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ
އީރާނުގެ މިހާރުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމަށް އީރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ނިންމަވައިފިއެވެ. މި ނިންމެވުމާއެކު އީރާނުގެ ނިއުކްލިއާ ސިޔާސަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

މުޖުތަބާ ޚާމަނާއީ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އަތުގައި ބެހެއްޓުމަކީ އީރާނުގެ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ހައްގެއް ކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރެވޭނެ މައުޟޫއެއް ނޫން ކަމަށްވެސް އޭނާ ވަނީ ކަނޑައަޅުއްވާފައެވެ.

މި ނިންމެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޖުތަބާ ޚާމަނާއީ ވަނީ ކުރިން މަޝްވަރާގެ މޭޒުގައި ތިއްބެވި ބޭފުޅުން އަވަހާރަކޮށްލާފައިވާކަން ފާހަގަކުރައްވާފައެވެ.

"އެމީހުން ވަނީ މަޝްވަރާ ކުރަމުންދިޔަ މީހާ މަރާލާފައި... އެހެންކަމުން މިހާރު މިވަނީ ބޮން އުފައްދާ މީހާ އައިސްފައި،" އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު ބައިނަލްއަގުވާމީ މުޖުތަމައުން އީރާނާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުން މީގެ ކުރިން ކުރަމުންދިޔަ މަޝްވަރާތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.