ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދިނީ އަހަރެމެނެއް ނޫން؛ އެކަން ކުރީ އިޒްރޭލުން: އެމެރިކާ

އީރާނުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދިނީ އަހަރެމެނެއް ނޫން؛ އެކަން ކުރީ އިޒްރޭލުން: އެމެރިކާ

އީރާނުގެ ތެޔޮ ގުދަންތަކަށް ދާދި ފަހުން ދެވުނު ހަމަލާތަކަކީ އެމެރިކާގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ސީދާ އިސްރާއީލުން ދިން ހަމަލާތަކެއް ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހާމަކުރައްވައިފިއެވެ.

ޕީޓް ހެގްސެތް މިކަން ހާމަކުރައްވާފައިވަނީ ސަރަހައްދީ ނުތަނަވަސްކަމާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައެވެ.

ހެގްސެތް ވިދާޅުވި ގޮތުގައި، އިސްރާއީލުން ތަފާތު އަމާޒުތަކެއް ކަނޑައަޅާފައިވާ ކޮންމެ ދަނޑިވަޅެއްގައި ވެސް އެ ގައުމުން މަސައްކަތް ކުރަނީ އެ އަމާޒުތައް ހާސިލުކުރުމަށެވެ.

"އެމީހުންގެ ތަފާތު އަމާޒުތަކެއް ހުރޭ. އެއީ އަހަރެމެންނާއި މުޅިން ތަފާތު އަމާޒުތަކެއް. އެމީހުން ބަލަނީ އެ މީހުންގެ އަމާޒުތައް ހާސިލުކުރެވޭތޯ.  އަހަރެމެން ސަމާލުކަން ދެނީ އަހަރެމެންގެ އަމިއްލަ އަމާޒުތަކަށް ވާޒިސްވާން،" ހެގްސެތް ވިދާޅުވިއެވެ.

އީރާނުގެ ތެޔޮ ރައްކާކޮށްފައި ހުރި ގުދަންތަކަށް، ނުވަތަ ތެލުގެ ވަސީލަތްތަކަށް ދެވުނު ހަމަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވި އެގޮތުން އެ ހަމަލާއަކީ އެމެރިކާގެ އެއްވެސް ބައިވެރިވުމެއް އޮތް ހަމަލާއެއް ނޫނެވެ. އަދި އެއީ އެމެރިކާގެ އަމާޒެއް ވެސް ނޫން ކަމަށް ފާހަގަކުރައްވައި ވިދާޅުވީ، ތެޔޮ ގުދަންތަކަށް ދިން ހަމަލާއަކީ އެމެރިކާއިން ދިން ހަމަލާއެއް ނޫން ކަމަށާއި އަދި އެއީ އެމީހުންގެ އަމާޒެއްވެސް ނޫން ކަމަށެވެ.
"އެތަނަށް ދިން ހަމަލާ އަކީ [ތެޔޮ ގުދަންތަކަށް ދިން ހަމަލާއަކީ] އަހަރެމެން ދިން ހަމަލާއެއް ނޫން، އަދި އެއީ އަހަރެމެންގެ އަމާޒެއްވެސް ނޫން،" ހެގްސެތް ވިދާޅުވި އެވެ.

މި ބަޔާނާއެކު، މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގައި އެމެރިކާގެ ދައުރާއި އިސްރާއީލުގެ މިނިވަން ނިންމުންތަކުގެ މެދުގައި ހުރި ތަފާތުތައް ވަނީ ހާމަވެފަ އެވެ. އީރާނުގެ އިގްތިސާދީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ޒިންމާއިން އެމެރިކާ މިވަނީ ބަރީއަވެފަ އެވެ.