ޗެމްޕިއަންސް ލީގު: ޔަމާލް، ފަހު ވަގުތު ވައްދާލި ޕެނަލްޓީން ބާސާ ސަލާމަތް ކޮށްދީފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގެ ފުރަތަމަ ލެގުގައި ނިއުކާސަލް ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލަމީން ޔަމާލް ކާމިޔާބުކުރި ޕެނަލްޓީއާއެކު ބާސެލޯނާ އިން ވަނީ ނިއުކާސަލްގެ ހާވީ ބާންސް ޖެހި ލަނޑުން އެ ޓީމަށް ލިބެން އުޅުނު މޮޅު ހުއްޓުވާފައެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ 86 ވަނަ މިނެޓުގައި ޖޭކޮބް މާފީ ނަގައިދިން ހުރަހަކުން ބާންސް ވަނީ ލަނޑެއް ޖަހައި ނިއުކާސަލްއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި މަލިކް ތިއޯ، ބާސެލޯނާގެ ޑެނީ އޮލްމޯއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޔަމާލް ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
Ads by BMLމި މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލްގެ ޖޮއެލިންޓަން ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ އެ ލަނޑު ބަލައިގެންފައެއް ނުވެ އެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 18 ގައި ބާސެލޯނާގެ ދަނޑުގައެވެ.
ރޭގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ތުރުކީގައި ކުޅުނު މެޗުގައި ގަލަތަސަރާއީ އިން ވަނީ 1-0 އިން ލިވަޕޫލް ބަލިކޮށްފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މާރިއޯ ލެމީނާ ބޮލުން ޖެހި ލަނޑާއެކު ތުރުކީގެ ޗެމްޕިއަނުން ވަނީ އެންފީލްޑްގައި ކުޅޭ ދެވަނަ ލެގަށް ދާއިރު މުހިންމު ކުރިއެރުމެއް ހޯދާފައެވެ.
ބަޔާނުން ވަނީ ރަށުން ބޭރުގައި އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފަ އެވެ. ބަޔާން މޮޅުވީ 6-1 ގެ ނަތީޖާއިންނެވެ. މީގެ އިތުރުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ވަނީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 5-2 އިން މޮޅުވެފަ އެވެ.
Ads by MACL
