ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެއްކޮށްލުމަކީ ނިޒާމީ ހެޔޮބަދަލެއް: ވަޒީރު ޝަހީމް

ރައީސް ޑރ މުއިއްޒު އަދި އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް
ރައީސް ޑރ މުއިއްޒު އަދި އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް

ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލެއްކަމަށް އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ޒަމާނާއި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިޒާމީ ބަދަލުގެނައުމަކީ ދައުލަތުގެ މަތީ މަޞްލަޙަތު އެކަމުގައި އޮތްކަމެއް ކަމަށެވެ.

ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލެއް. ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. ޒަމާނާއި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިޒާމީ ބަދަލުގެނައުމަކީ ދައުލަތުގެ މަތީ މަޞްލަޙަތު އެކަމުގައި އޮތްކަމެއް- ވަޒީރު ޝަހީމް
ރާއްޖޭގައި ވޯޓުލުމުގެ ނިޒާމާއި ބޮޑު 2 އިންތިހާބު އެއްކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވި ހިސާބުން ގިނަ ބަޔަކު ދަނީ އެކަމަށް ތާއީދު ކުރައްވަމުންނެވެ.

ކުރީގެ ރައީސް ނަޝީދުވެސް ވަނީ މި ހިޔާލަށް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި ވިސްނުމާއި ދެކޮޅުކަން ހާމަކޮށްފައެވެ.

ބެލެވޭ ގޮތުގައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި، އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއިމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ގާނޫން ހަދާ މަޖިލީހަށް ލާނެކަމަށް ބެލެވެއެވެ.