އީރާނަށް ހަމަލާދިނީ ދަނބިފަރިފުޅުގެ ލަފާގެ މަތިން: ޓްރަމްޕް
އީރާނަށް ހަމަލާ ދޭން ފެށީ އޭނާގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ލަފާގެމަތިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް ހަމަލާދިނުމަށް އޭނާ ނިންމެވީ ކުޝްނާ ދެއްވި ލަފައަކަށް ބިނާކޮށެވެ.
ޓްރަމްޕް ބުނީ، އެމެރިކާއިން އީރާނަށް ހަމަލާ ނުދީފިނަމަ، އީރާނުން އޭނާގެ ދަނބިދަރިފުޅަށް ހަމަލާދޭނެ ކަމަށް އޭނާގެ ގާތު ބުނި ކަމަށެވެ. އަދި އެހެން ވެސް އެކަން އެގޮތަށް ކުރުން ނޫން އިތުރު ގޮތެއް ނެތުމުން ދަނބިދަރިފުޅުގެ ސަލާމަތައްޓަކައި އީރާނަށް ހަމަލާދޭން ފެށީކަމަށް ޓްރަމްޕް ބުންޏެވެ.
Ads by BMLއަދި އީރާނަށް ހަމަލަދޭން ނިންމި މި ނިންމުމަކީ އެމެރިކާގެ އެއްވެސް އިންޓެލިޖެންސް އެޖެންސީއެއްގެ މައުލޫމާތަށް ބިނާކޮށް ނިންމި ނިންމުމެއް ނޫން ކަމަށްވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.
ދަނބިދަރިފުޅު، ކުޝްނާގެ ގާބިލުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ބުނީ، ކުޝްނާއަކީ ޔަހޫދީއެއް ކަމަށާއި، އޭނާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ގުޅުމެއް ބާއްވާ ކަމަށެވެ. އަދި އޭނާގެ ދަނބިދަރިފުޅު ނިދަނީ ވެސް ނަތަންޔާހޫ އާއި އެކުގައި ކަމަށް ވެސް ޓްރަމްޕް ބުންޏެވެ. އެހެން ނަމަވެސް އެކަން ފިޔަވައި ކުޝްނާގެ ކިބައިގައި އެހެން އެއްވެސް ގާބިލުކަމެއް ނެތް ކަމަށް ޓްރަމްޕް ވަނީ ބުނެފަ އެވެ.
"އެމެރިކާ ހަނގުރާމައެއްގެ ތެރެއަށް ވައްދާލީ އޭނާގެ ދަނބިދަރިފުޅު ކުޝްނާ. އޭނާގެ ލަފާގެ މަތިން، އެއްވެސް އިންޓެލިޖެންސް އެޖެންސީއެއްގެ މައުލޫމާތަކަށް ބިނާކޮށެއް ނޫން އެކަން ކުރީކީ. ހަމަ ދަނބިދަރިފުޅަށްޓަކައި." ޓްރަމްޕް ބުންޏެވެ.
މި ވާހަކަތަކާއެކު، އެމެރިކާގެ ހާރިޖީ ސިޔާސަތުތަކާއި ހަނގުރާމައިގެ ނިންމުންތައް ނިންމުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
Ads by MACL
