ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ދޫނިތަށް ނިކުތީ ބަދަލަކަށް، ރަނގަޅުކޮށްލާނީ ރަނގަޅަކަށް"

"ދޫނިތަށް ނިކުތީ ބަދަލަކަށް، ރަނގަޅުކޮށްލާނީ ރަނގަޅަކަށް"

ރާއްޖޭގެ ސިޔާސީ މަސްރަޙު މިއަދު ފެންނަނީ އާ އުސްމިންތަކަކަށް ދަތުރުކުރަން ތައްޔާރުވަމުންދާ ތަނެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް އިންތިޚާބުތަކަށް އަމާޒުކޮށް ޕީއެންސީން ނެރެފައިވާ "ދޫނިތަށް ނިކުތީ ބަދަލަކަށް، ރަނގަޅުކޮށްލާނީ ރަނގަޅަކަށް" މި ލަލަވައިގެ ސުރުޚީއަކީ މިއަދުގެ ސިޔާސީ މަސްރަޙުގައި އެންމެ ގަދައަށް އިވޭ އެއް އަޑެވެ.

މި ލަވައިގެ ސިލްސިލާ ކޮންސެޕްޓުން ބުނެދެނީ ހަމައެކަނި ބަދަލަކަށް އެދޭ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުމުގެ މުހިންމުކަމެވެ.

ރާއްޖޭގައި މިހާރު ކަންކަން އޮތްގޮތުން، ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ކޮންމެވެސް އިންތިޚާބެއް އޮވެއެވެ. ރިޔާސީ އިންތިޚާބު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އަދި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑެވެ. "ރަނގަޅުކޮށްލާނީ ރަނގަޅަކަށް" މި ބުނާ ބަދަލުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމެވެ.

މީގެ ސަބަބުން އިންތިޚާބުތަކަށް ހިނގާ އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވި، އެ ފައިސާ ޤައުމުގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ގިނަގިނައިން އިންތިޚާބުތައް ބޭއްވުމަކީ ޤައުމުގެ އިޖުތިމާޢީ ފޭރާމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އަބަދު ސިޔާސީ ކޯޅުންތަކާއި، ކެމްޕޭން ފޯރީގައި ރައްޔިތުން ބައިބައިވެފައި ތިބުމުގެ ބަދަލުގައި، އެއް ދުވަހަކުން މި މުހިންމު ނިންމުންތައް ނިންމާލުމަކީ ޤައުމަށް ލިބޭނެ ވަރަށް ބޮޑު ހަމަޖެހުމެކެވެ. މިއީ "ދޫނިތަށް" ނިކުމެ މި ގެންނަން އުޅޭ ހެޔޮ ބަދަލެވެ.

އެއްދުވަހެއްގައި ދެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަކީ އާންމު ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. ވަޒީފާތަކުގައި އުޅޭ ފަރާތްތަކާއި، ރަށްރަށަށް ދަތުރުކުރަންޖެހޭ މީހުންނަށް ދެ ފަހަރަށް ޗުއްޓީ ނަގައިގެން ދަތުރުކުރުމުގެ ބުރަ އުފުލަން ނުޖެހޭނެއެވެ. މިއީ ނިޒާމީ ގޮތުން ގެނެވޭ ހަރުދަނާ އިޞްލާޙެކެވެ.

ނިންމާލަމުން ދަންނަވާނަމަ، ޕީއެންސީގެ މި ލަވައާއި ޝިއާރުން ރަމްޒުކޮށްދެނީ ހަމައެކަނި ސިޔާސީ ކާމިޔާބީއެއް ނޫނެވެ. އެއީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެޅޭ ފިޔަވަޅެކެވެ.

"ރަނގަޅުކޮށްލާނީ ރަނގަޅަކަށް" ކަމަށް ބުނާއިރު، އޭގެ ނަތީޖާއަކަށް ވާނީ ދައުލަތުގެ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ފަސޭހަވެ، ޤައުމުގެ ހިންގުން ހަރުދަނާވުމެވެ. މިއީ ހަމަޔަޤީނުންވެސް ދިވެހި ޤައުމަށް މިއަދު ބޭނުންވެފައިވާ މުހިންމު ބަދަލެކެވެ.