އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމާއި އަބްދުالله ޝާހިދު ދެކޮޅު!
ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި އިދިކޮޅު ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުالله ޝާހިދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބްދުالله ޝާހިދުއަކީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ފެންނަ ބޭފުޅެކެވެ.
އަބްދުالله ޝާހިދު ވިދާޅުވީ ވޯޓުލާ ނިޒާމަށްބަދަލުގެންނަން މިހާރު ދައްކާ ވާހަކަ ތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލާ، ފޮށިތައް މާލެގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.
Ads by BMLއަދި ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި ކަމަށެވެ.
ވޯޓުގެ 50% + 1 ( ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ) ލިބެންޖެހޭނެ ކަމަށާއި މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް ކަމަށެވެ. ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއްވެސްނެތް ކަމަށާއި ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން ކަމަށެވެ.
ރާއްޖޭގައި ވޯޓުލުމުގެ ނިޒާމާއި ބޮޑު 2 އިންތިހާބު އެއްކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވި ހިސާބުން ގިނަ ބަޔަކު ދަނީ އެކަމަށް ތާއީދު ކުރައްވަމުންނެވެ.
ކުރީގެ ރައީސް ނަޝީދުވެސް ވަނީ މި ހިޔާލަށް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި ވިސްނުމާއި ދެކޮޅުކަން ހާމަކޮށްފައެވެ.
ބެލެވޭ ގޮތުގައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި، އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއިމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ގާނޫން ހަދާ މަޖިލީހަށް ލާނެކަމަށް ބެލެވެއެވެ.
Ads by MACL
