އީރާން ވޯލްޑް ކަޕުން ވަކިވާން ނިންމުން އެއީ ކުޅުންތެރިންގެ ސަލާމަތައްޓަކައި އެޅި ރަނގަޅު ފިޔަވަޅެއް: ޓްރަމްޕް
އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުން އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ވަކުވުމަކިީ ރަނގަޅު ގޮތް ކަމަށާއި އެ ޓީމު މުބާރާތުގައި ބައިވެރިވުން ވެސް އެހާ ރަނގަޅު ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިޒްރޭލާއި އެމެރިކާއިން އިސްވެ އިރާނަށް ދޭންފެށި ހަމަލާތައް އަދި ވެސް ކުރިއަށް ދާއިރު، އީރާނުން ވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެން ނިންމާ އެކަން ރަސްމީކޮށް އިއުލާންވެސް ކޮށްފަ އެވެ،
މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ ޓީމަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ގައުމުގެ ކުޅުންތެރިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުބާރާތުގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
":އީރާން މުބާރާތުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް، އެއީ އެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް." ޓްރަމްޕް ވިދާޅުވި އެވެ.
މިއަހަރުގެ ވޯލްޑް ކަޕަކީ އުތުރު އެމެރިކާގެ ތިން ގައުމެއްގައި ބޭއްވޭ ފުރަތަމަ މުބާރާތަށް ވާއިރު، ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އީރާނުން މުބާރާތުގައި ނުކުޅެން ނިމްމުން ވެގެން ގޮސްފައިވަނީ މުޅި ދުނިޔެއަށް ލިބުނު ކުއްލި ސިހުމަކަށެވެ.
Ads by MACL
