ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާއިން ހެދި ގޯހައް, ޓްރަމްޕް އީރާނުގެ ކިބައިން މާފަށް އެދެން ޖެހޭނެ؛ ނޫނީ އޮތީ ހިތާމަ: ލަރިޖާނީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ

އެމެރިކާއިން އީރާނަށް ހަމަލަދޭން ނިންމެވި ނިންމެވުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމަށްޓަކައި އީރާނުގެ ކިބައިން މާފަށް އެދެން ޖެހޭނޭ ކަމަށާއީ ނޫނީ އޮތީ ހިތާމަވެރި ދުވަސްތަކެއް ކަމަށް ބުނެ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އިންޒާރު ދީފި އެވެ.

އީރާނުން އެމެރިކާއަށް ދެމުންދާ އިންޒާރުތަކުގެ ތެރެއިން، ލަރީޖާނީ ވިދާޅުވީ ޓްރަމްޕް އީރާނަށް ހަމަލަދިނުމަށް ނިންމި ނިންމުމައްޓަކައި މައާފަށް އެދެން ޖެހޭނޭ ކަމަށެވެ. އަދި މައާފަށް ނޭދޭނަމަ ކުރިއަށް އޮތީ ބިރުވެރި، އަދި ނާމާން ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.

ލަރިޖާނީ ވިދާޅުވީ ހަނގުރާމަ ދުވަހެއްދުވަހަކަށް ދާނީ ވަރުގަދަ ވަމުން ކަމަށާއި ޓަރަމްޕް ކުރި ކުށަށް އޭނާއަށް އަދަބުދީ، އެކަމުގެ ހިތާމަ ކުރިމަތި ކުރުވާފައި ނޫނީ އީރާނުން ހަނގުރާމަ ހުއްޓާލައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ މަތީ ފަންތީގެ އޮފިޝަލަކު ދެއްވި ވަރުގަދަ އިންޒާރެކެވެ.

"އީރާނަށް ހަމަލަދޭން ނިމުމަކީ ހެދުނު ބޮޑު ގޯހެއްކަން ވިސްނި އެކަމާއި މެދު ކަލޭމެން (އެމެރިކާ) އީރާނުގެ ކިބައިން މައާފަށް އެދެން ޖެހޭނެ. ނޫނީ އޮތީ ވަރަށް ހިތާމަވެރި ދުވަސްތަކެއް. އަހަރެމެން މިތިބީ ދޫދީ، ހަނގުރާމަ ހުއްޓާލާ ގޮތަކަށް ނޫން،" ލަރީޖާނީ ވިދާޅުވިއެވެ.

މިއީ ލަރިޖާނީ ސީދާ ޓްރަމްޕަށް އަމާޒުކޮށް ދެއްވި އިންޒާރެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި އިންޒާެަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އީރާނުން އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތު ހާމަކޮށްދޭ ކަމެކެވެ.

ކުރިއަށް އޮތް ތަނުގައި މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އިތުރު ބުރޫއަރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެ