ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަ ޑިންގީއެއްގައި އެކަނި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ ވާދޫ މީހާ: އެ މީހާ ގެއްލިފައި ވަނީ ފަތިހު މަހަށް ނުކުމެ އުޅެނިކޮށް
ގެއްލިގެން ހޯދާ ވާދޫ މީހާ: އެ މީހާ ގެއްލިފައި ވަނީ ފަތިހު މަހަށް ނުކުމެ އުޅެނިކޮށް

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް މިރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.

ރިޕޯޓު ލިބުމާއި އެކު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

"ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ." ފުލުހުން ބުންޏެވެ.

އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދު ފަތިހުކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އަދި، އެ މީހާ ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.