އާންމުންގެ ބަޔަކު ނުކުމެ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 15ވަނަ ޓަވަރުކައިން އާންމުންގެ ބަޔަކު ނުކުމެ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
މިރޭ ހިނގި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އަނިޔާވި މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސް، ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބަމުން ދެއެވެ.
ފުލުސް މީހާ އޭނާގެ ބޮލުގައި އަތް އަޅައިގެން ހުރި އިރު ވެސް ލޭތައް ފައިބަމުންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި އޭނާގެ ވަށައިގެން އާންމުން ނުރުހުން ފާޅުކުރާ މަންޒަރު ވެސް ފެނެ އެވެ.
އޭނާ އަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
Ads by BMLފުލުހުން ބުނީ އޭނާއަށް ބަޔަކު އަނިޔާކޮށްފައިވަނީ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަމަށް އެނގިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ ކަންކަން ބަލައި ތަހުގީގު ކުރާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
Ads by MACL
