ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަސްޓް ލޭޑީ، ކޮންގްރެސް ޕާޓީގެ ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުމާލޭ ޖަގަހަ ހުޅުއްވައިދެއްވަނީ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުމާލޭ ޖަގަހަ ހުޅުއްވައިދެއްވަނީ.

އަންމަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އަދި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮންގްރެސް ޕާޓީން އަންނަނީ 4 އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ސިޓީތަކާއި އަތޮޅުތެރޭގެ ހުރިހާ ރަށްރަށެއްގައި ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން މާލޭގެ ދާއިރާތަކާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް އެތަންތަނުގައި އެކި ހަރަކާތްތައް ހިންގަމުންދެއެވެ.

މާލޭގައި ބޭއްވޭ އެންމެ ފޯރިގަދަ ކެމްޕެއިން ހަރަކާތް، ޑޯޓުޑޯ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަންނަވައެވެ.