މުޅި އަރަބި އިސްލާމީ އުންމަތް މުޅިން ފޮހެލާ، ނެތިކޮށްލާނޭކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
މުޅި އަރަބި އިސްލާމީ އުންމަޔް އެއްކޮށް ގޮހެލާ ނެތިކޮށްލާނޭ ކަމުގެ ވަރުގަދަ އިންޒު އިޒްރޭލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފި އެވެ.
އޭނާ އެފަދައިން ބުނީ މީޑިއާ މެދުވެރިކޮށް ހަނގުރާމައިގެ ކަންކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ އިސްލާމްދީނުގެ ދެ މަޒުހަބު ކަމަށްވާ ސުންނީންނާއި ޝިއައީންނަކީ ވެސް މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެއީ ހަރުކަށި އަނިޔާވެރި ބައެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނަތަންޔާހޫ ބުނި ގޮތުގައި، ސުންނީ އަދި ޝިއައީ މަޒުހަބުގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުތަކަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައަށް އޮތް ބިރެކެވެ. އޭނާ އިތުރަށް ބުނީ މި މައްސަލައަކީ އަމިއްލައަށް ހައްލުވާނެ ކަމެއް ކަމަށް ބަލައިގެން ތިބެވެން ނެތް ކަމަށެވެ.
"ސުންނީންނާއި ޝިއައީންނަކީ ވެސް މުސްލިމުންގެ ނަމުގައި އުޅޭ ހަރުކަށީ ބައިގަނޑެއް. އެއީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް. މިއީ އަމިއްލައަށް ހައްލުވާނެ ކަމެކޭ އަހަރެމެންނަށް ނުބުނެވޭނެ. އަހަރެމެންގެ ދުޝްމަނުންނަށް ތަކުރާރުކޮށް ހަމަލާދިނުމުގައި އަހަރެމެން ދެމިތިބޭނަން،" ނަތަންޔާހޫ ބުންޏެވެ.
މި ބަޔާނާ ގުޅިގެން ގިނަ ބަޔަކު ދަނީ އަރަބި ގައުމުތަކުން ހޭލުންތެރިވުމަށް ގޮވާލަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ނަތަންޔާހޫގެ މި ވާހަކަތަކަކީ މުޅި ސަރަހައްދުގެ މުސްލިމުން ނައްތާލުމަށް ގެންގުޅޭ ސިޔާސަތެއްގެ ބައެކެވެ.
Ads by BMLއިސްރާއީލުން ދަނީ އެ ގައުމުގެ ދުޝްމަނުން ކަމަށް ބަލާ ފަރާތްތަކަށް އަމާޒުކޮށް ސަރަހައްދީ ގޮތުން އަސްކަރީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. ނަތަންޔާހޫގެ މި ބަޔާނަކީ އެ ސިޔާސަތު ދިފާއުކޮށް ދެއްކި ވާހަކައެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
