ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެސީ އިޒްރޭލަށް 1.5 މިލިއަން ޑޮލަރުގެ އެހީ ދިންކަމަށް ބުނާ ޚަބަރާއި ގުޅިގެން ސަޕޯޓަރުން ރަތަށް!

އާޖެންޓީނާ އާއި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ
އާޖެންޓީނާ އާއި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިޒްރޭލަށް 1.5 މިލިއަން ޑޮލަރުގެ އެހީއެއް ދިން ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން، އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ނުރުހުން އަމާޒޔވެއްޖެ އެވެ. މި ޚަބަރު ސޯޝަލް މީޑިއާގައި ފެތުރެން ފެށުމާއެކު، މެސީއަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން އޭނާ އަންފޮކޯ ކުރަމުންނެވެ/

މިކަމާ ގުޅިގެން ނުރުހުން ފާޅުކުރި ބައެއް ސަޕޯޓަރުން ބުނެފައިވަނީ، މައުސޫމް ކުދިން މަރަމުންދާ ދައުލަތަކަށް މެސީ އެހީތެރިކަން ފޯރުކޮށްދީފައިވާނަމަ، އޭނާއަށް ކުރާ ތާއީދު ވަގުތުން ހުއްޓާލާނެ ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ޚިލާފު އަމަލެއްގެ ގޮތުގައި ސަޕޯޓަރުން ސިފަކުރެއެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، މި ޚަބަރަކީ ތެދު ހަގީގަތެއް ނަމަ، މެސީގެ ހުރިހާ އެއްޗެއް ފޮހެލައި، އޭނާގެ ޖާޒީތައް އަންދާލައި، އަދި އޭނާ ކުޅޭ މެޗުތައް ބޮއިކޮޓް ކުރާނެ ކަމަށެވެ. މީގެ އިތުރުން، މުސްލިމް ސަޕޯޓަރުންނަށް ގޮވާލާފައިވަނީ މެސީގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތަކެއް އަންފޮލޯ ކުރުމަށެވެ.

މި މައްސަލައަކީ ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ މައްސަލައަކަށް ވާއިރު، މެސީގެ ފަރާތުން ނުވަތަ އޭނާގެ މެނޭޖްމަންޓުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ޚަބަރުގެ ސަބަބުން އޭނާގެ މަގުބޫލުކަމަށް ބޮޑު ވެއްޓުމެއް އަންނާނޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެސީ އަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެން ނަމަވެސް މި ޚަބަރާއި އެކު މެސީއަށް އޮތް ތާއީދު ދަނީ ފަނޑުވަމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މެސީއާއި ގުޅޭ މި ޚަބަރު މީޑިއާތަކުގައި ދައުރުވަމުން ދިޔަ ނަމަވެސް މިއީ ހަގީގަތެއް ކަން ވެސް ނުވަތަ ނޫންކަން ވެސް އަދި ކަޝަވަރެއް ނުވެއެވެ ނަމަވެސް މެސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ މެސީއަށް މިކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.