ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚާމަނާއީގެ ބަދަލުގައި އައު ޚާމަނާއީއެއް, މެދުއިރުމަތީގެ ފުރިހަމަ ބާރު އީރާނުގެ އަތްމައްޗަށް!

ޚާމަނާއީގެ ބަދަލުގައި އައު ޚާމަނާއީއެއް, މެދުއިރުމަތީގެ ފުރިހަމަ ބާރު އީރާނުގެ އަތްމައްޗަށް!

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީގެ ބަދަލުގައި އެހެން "ޚާމަނޭއީއެއް" ވެރިކަމަށް ގެނައުމަށް ދުނިޔޭގެ ބާރުތަކުން ކުރަމުންދާ މަސައްކަތަކީ، މި ފަހުގެ ތާރީޚެއްގައި ފެނިފައިވާ އެންމެ އަގުބޮޑު ޖިއޯޕޮލިޓިކަލް ކުޅިވަރަށް ވަނީ ބަދަލުވެފައެވެ. ބޮޑު ހަނގުރާމައަކަށް ބަދަލުވެފައެވެ.

މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ޚަރަދުތަކަކީ ސިހުންލިބޭ ފަދަ ބޮޑު އަދަދުތަކެކެވެ.

އެމެރިކާއާއި އިޒްރޭލުގެ އިޤްތިޞާދު އަނދައިގެންދަނީ
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން މި އޮޕަރޭޝަންތަކަށް ދުވާލަކު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ހޭދަކުރެއެވެ. އިޒްރޭލަށް މިހާތަނަށް 17 ބިލިއަން ޑޮލަރަށްވުރެ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބިފައިވާއިރު، މީގެ ތެރޭގައި އަގުބޮޑު މިސައިލް ދިފާއީ ނިޒާމުތަކާއި B-2 ސްޓެލްތު ބޮމްބަރު ފަދަ ވަސީލަތްތަކުގެ ޚަރަދު ހިމެނެއެވެ. އިޒްރޭލުގެ އިންފްރާސްޓްރަކްޗަރ ހަލާކުވެ އާއި އިޤްދިސާދު ވަނީ ހުއްޓިފައެވެ.

އީރާނު: މެދުއިރުމަތީގެ ނުގުޑާ އަސްކަރީ ބާރު
މި ކުރިމަތިލުންތަކުން ހާމަވެގެން ދަނީ އީރާނުގެ އަސްކަރީ ގާބިލްކަން ހުރި މިންވަރެވެ. އީރާނަކީ ހަމައެކަނި ހަތިޔާރު ހުރި ގައުމެއް ނޫނެވެ؛ އެއީ އަމިއްލައަށް އުފައްދާ، އާދަޔާޚިލާފު ޓެކްނޮލޮޖީއެއް ގެންގުޅޭ ބާރެކެވެ.

• މިސައިލްގެ ގާބިލްކަން: އީރާނަކީ މެދުއިރުމަތީގައި އެންމެ ބޮޑު މިސައިލް ސިސްޓަމް އޮތް ގައުމެވެ. އެމީހުންގެ ހައިޕަރސޮނިކް މިސައިލްތަކަކީ އިޒްރޭލުގެ "އަޔަން ޑޯމް" ފަދަ ދިފާއީ ނިޒާމުތަކަށް ހުއްޓުވޭނެ އެއްޗެއް ނޫންކަން މިހާރު ވަނީ ސާބިތުވެފައެވެ.
• ޚަރަދު ކުޑަ، ނަތީޖާ ބޮޑު: 15,000 ޑޮލަރުގެ ޑްރޯންއަކުން، އެތައް މިލިއަން ޑޮލަރެއްގެ ހަތިޔާރު ބޭނުންކުރަން އިދިކޮޅު ފަރާތްތަކަށް މަޖުބޫރުކުރުވައެވެ. މިއީ އީރާނުން ގެންގުޅޭ "އަސިމެޓްރިކް ވޯފެއަރ" އެވެ.

ފަލަސްޠީނާއި ލުބުނާނަށް ކުރާނެ އަސަރު
އީރާނުން ހޯދާ މި ސްޓްރެޓީޖިކް ކާމިޔާބީއަކީ ފަލަސްޠީނާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކަށް އަންނާނެ ބޮޑު ބަދަލެކެވެ.
• އިޒްރޭލުގެ އުދުވާންތައް މަޑުޖެހުން: އީރާނުން ދޭ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އަސްކަރީ އަދި އިޤްތިޞާދީ ވަސީލަތްތައް ހުސްވަމުންދާތީ، ގައްޒާއާއި ލުބުނާނުގައި ކުރިއަށްގެންދާ "އެޓްރޯސިޓީޒް" ނުވަތަ ލާއިންސާނީ ހަމަލާތައް ކުރިއަށްގެންދަން އިޒްރޭލަށް އުނދަގޫވާނެއެވެ.
• ބާރުގެ މިސްރާބު ބަދަލުވުން: އީރާނަކީ ސަރަޙައްދުގެ އެންމެ ބޮޑު ބާރުކަން ސާބިތުވުމުން، އިޒްރޭލަށް ދެން ކޮންމެ ކޮންމެ ފަހަރަކު ފަލަސްޠީނާއި ލުބުނާނަށް އަރައިގަންނާކަށް ނުކެރޭނެއެވެ. އީރާނުގެ މި ކާމިޔާބީއަކީ އިޒްރޭލުގެ "ބިރުވެރިކަން" ކަނޑުވާލާނެ ކަމެކެވެ.
• ދިފާއީ އައްޑަނަ: އީރާނުގެ މި ހަރަކާތްތަކަކީ ފަލަސްޠީނާއި ލުބުނާނުގެ މުޖާހިދުންނަށް ލިބޭނެ އިތުރު ހިތްވަރަކަށްވެ، އިޒްރޭލުގެ އަތްދަށުން މިނިވަންވުމަށް ކުރާ މަސައްކަތަށް ލިބޭނެ ބޮޑު ބާރަކަށް ވާނެއެވެ.
އީރާނުގެ "ސްޓްރެޓީޖިކް" ކާމިޔާބީ: އިޒްރޭލަށް ދެން ކެރޭނެތޯ؟
ގިނަ ދިރާސާވެރިން މިހާރު ދެކޭގޮތުގައި، މި ކުރިމަތިލުން ނިމިގެންދާނީ އީރާނުން އިޒްރޭލުގެ މައްޗަށް ހޯދާ ބޮޑު ކާމިޔާބީއަކުންނެވެ. އީރާނުން މިވަނީ އިޒްރޭލުގެ "އިންވިންސިބަލް" ނުވަތަ ބަލިނުކުރެވޭނެ ކަމަށް ބުނާ ބުނުން ނިމުމަކަށް ގެނެސްފައެވެ. ދެވަނަ ފަހަރަށް އީރާނާ "ކުޅެލަން" އިޒްރޭލަށް ކެރުމަކީ ދުރުކަމެކެވެ.
ނިންމުން
ބިލިއަނުން ޚަރަދުކޮށް، ދިހަވަރަކަށް އަހަރުގެ ފިއްތުންތަކަށްފަހުވެސް ނުކުންނަ ނަތީޖާއަކީ ހަމަ އެ ނިޒާމުގެ މާ ވަރުގަދަ ލީޑަރެއް ނަމަ، މިއީ އިޒްރޭލާއި އެމެރިކާއަށް ލިބޭނެ އެންމެ ބޮޑު ނާކާމިޔާބީއެވެ. އާޔަތުﷲ ޚާމަނޭއީގެ ދަރިކަލުން ވެރިކަމުގެ ވެރިކަމުގައި، ކުރިއަށްވުރެ ވަރުގަދަ އީރާނެއް ބިނާކޮށްފިނަމަ، މެދުއިރުމަތީގެ "ޗެސްބޯޑު" ނިމިގެންދާނީ އީރާނުގެ ފުރިހަމަ ކާމިޔާބީއަކާއެކުގައެވެ. މެދު އިރުމަތީގެ ބާރުގެ ތިލަފަތް އީރާންކޮޅަށް ބަރުވެގެންނެވެ. އިޒްރޭލުގެ ވަރަ ބިނދިގެންނެވެ.