ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮތް މީހާ ފެނުނު ގެ ހުންނަ ސަރަހައްދު
މަރުވެފައި އޮތް މީހާ ފެނުނު ގެ ހުންނަ ސަރަހައްދު

މާލޭގެ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:01 އެހައިކަންހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، އުމުރުން 54 އަހަރުގެ މުޙައްމަދު ނިޒާރެވެ.


މިހާތަނަށް ބެލިބެލުމުން، އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.


މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.