އިޒްރޭލަށް އެއް ފަހަރާ 30 'ސުޕަރ ހެވީ' ބެލިސްޓިކް މިސައިލް ފޮނުވާލައިފި ކަމަށް އީރާނުން ބުނެފި
އިޒްރޭލުގެ އެކި އަމާޒުތަކަށް އަމާޒުކޮށް 30 "ސުޕަރ ހެވީ" ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެއަރޯސްޕޭސް ކޮމާންޑަރު ހާމަކުރައްވައިފި އެވެ.
މި މިސައިލްތަކަކީ ކޮންމެ މިސައިލެއްގައި 1 އާއި 2 ޓަނާ ދެމެދުގެ ބަރުދަން ހުރި ވަރުގަދަ މިސައިލްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޖަރ ޖެނެރަލް ސައްޔިދު މަޖީދު މޫސަވީ ވިދާޅުވީ، މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެއަރޯސްޕޭސް މޮނިޓަރިންގ ސިސްޓަމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ނިޒާމުތައް ހަލާކުވެފައިވާ ކަމަށެވެ. މިއީ މިހާތަނަށް އިސްރާއީލާ ދެކޮޅަށް ދެވުނު އެންމެ ވަރުގަދަ އަދި އެންމެ ބަރު ހަމަލާގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މޫސަވީ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ ވައިގެ ސަރަހައްދުގެ ބޮޑު ބައެއް މިހާރު އޮތީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. މި ހަމަލާއަކީ އިޒްރޭލުގެ ދިފާއީ ނިޒާމުތަކަށް ގޮންޖަހައި، އީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލުމަށް ދެވުނު ހަމަލާއެއް ކަމަށް ބެލެވެ އެވެ.
މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އިޒްރޭލުގެ މުހިންމު އަސްކަރީ އަމާޒުތަކަށް މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ދަނީ ބުނަމުންނެވެ.
Ads by MACL
