ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މައުލޫމާތު ދޭ ފަރާތްތަކަށް 100,000 ޑޮލަރުގެ އިނާމެއް!

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މައުލޫމާތު ދޭ ފަރާތްތަކަށް 100,000 ޑޮލަރުގެ އިނާމެއް!

އިރާގުގައި ހަރަކާތްތެރިވާ އިރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން އެކުލެވޭ އިއްތިހާދެއް ކަމަށްވާ "އިސްލާމިކް ރެސިސްޓެންސް އިން އިރާގު" އިން، އެ ގައުމުގައި ތިބޭ އެމެރިކާ ސިފައިންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ބޮޑު ފައިސާގެ އިނާމެއް ދޭނެ ކަމަށް އިއުލާނުކޮށްފި އެވެ.

މި ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާގުގެ އެކި ސަރަހައްދުތަކުގައި ތިބޭ އެމެރިކާ ސިފައިންގެ މަގާމުތަކާއި، އެމީހުން ހަރަކާތްތެރިވާ ގޮތުގެ ސައްހަ އަދި އިތުބާރު ހުރި މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް 150 މިލިއަން އިރާގީ ދީނާރު (ގާތްގަނޑަކަށް 114,500 އެމެރިކާ ޑޮލަރު) ދޭނެ ކަމަށެވެ.

މި މައުލޫމާތު ހޯދުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގައި އެހީތެރިކަން ހޯދުން ކަމަށް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ. މިއީ އެމެރިކާ ސިފައިން އިރާގުން ބޭރުކުރުމަށް އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި އިއުލާނާ ގުޅިގެން އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. މި ފަހަކަށް އައިސް އިރާގާއި ސީރިއާގައި ތިބޭ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.