ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާގެ އިސްވެރިންނަކީ "އެޕްސްޓީން ގޭންގް" ކަމަށް ބުނެ އީރާންގެ ލީޑަރުން ޓްރަމްޕް އަށް ޖޯކުޖަހައިފި

އެމެރިކާގެ އިސްވެރިންނަކީ "އެޕްސްޓީން ގޭންގް" ކަމަށް ބުނެ އީރާންގެ ލީޑަރުން ޓްރަމްޕް އަށް ޖޯކުޖަހައިފި

އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ނުފޫޒުގަދަ މީހުންނާ ގުޅުން އޮތް ކަމަށް ބުނާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ މައްސަލަ ބޭނުންކޮށްގެން އީރާނުގެ އިސްވެރިން އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރަން ފަށައިފިއެވެ. މިއީ އެމެރިކާގެ ވެރިކަންކުރާ އިސް ފަރާތްތަކުގެ އަހުލާގީ މިންގަނޑު ދަށްކަން ދެއްކުމަށް އީރާނުން ކުރަމުންދާ މަސައްކަތެކެވެ.

މިއަދު ބޭއްވި އަލް-ގުދުސް ދުވަހުގެ ހިނގާލުމާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ހިނގާލުމުގެ ބައިވެރިންނަށް ކުރިމަތިލާން ޖެހުނީ "އެޕްސްޓީން ގޭންގުގެ" ހަމަލާތަކާ ކަމަށެވެ. މިއީ އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ނިސްބަތްކޮށް ބޭނުންކުރި ބަހެކެވެ.

މީގެ އިތުރުން، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލަރީޖާނީ ވެސް ވަނީ އެމެރިކާގެ ޕެންޓަގަންގެ ވެރިޔާ ހެގްސެތަށް ރައްދު ދެއްވައި އެޕްސްޓީންގެ ވާހަކަ ދައްކަވާފަ އެވެ.

އީރާނުގެ ލީޑަރުން ތިއްބެވީ "މީދާތަކެއް ފަދައިން ފިލައި" ކަމަށް ހެގްސެތު ވިދާޅުވުމާ ގުޅިގެން ލަރީޖާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިސްޓަރ އީރާނުގެ ލީޑަރުން ތިއްބެވީ ރައްޔިތުންގެ ތެރޭގައި ކަމަށާއި އެކަމަކު އެމެރިކށާގެ އިސް ލީޑަރުން ތިއްބެވީ އެޕްސްޓީންގެ ރަށުގައި، އެޕްސްޓީން ގޭންގުގެ ގޮތުގައި ކަމަށެވެ.

ތެހެރާންގައި ބޭއްވި ހިނގާލުމުގައި ރައީސް ޕެޒެޝްކިއަން އާއި ފޮރިން މިނިސްޓަރ އަރަގްޗީ ހިމެނޭގޮތަށް އިސްވެރިން އާންމުންގެ ތެރޭގައި އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ.

މީގެ އިތުރުން، އީރާނުގެ ދީނީ އެންމެ މަތީ ލީޑަރު ހޮވުމުގެ ކަންކަމުގައި ބައިވެރިވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ވިދާޅުވުމުން، އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވެސް ވަނީ އެޕްސްޓީންގެ ނަން ބޭނުންކޮށްގެން ރައްދު ދެއްވާފައެވެ. ގާލީބާފް ވިދާޅުވީ އީރާނުގެ މުސްތަގުބަލު ނިންމާނީ އީރާނުގެ ފަޚުރުވެރި ރައްޔިތުން ކަމަށާއި، އެއީ "އެޕްސްޓީންގެ ގޭންގުން" ނިންމާނެ ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕް އެޕްސްޓީންއަކީ ފަކުރުގަންނަ މީހެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ބޭފުޅެއް ނަމަވެސް، ގިނަ އަހަރުތަކެއް ވަންދެން ޒުވާން އަންހެނުންނަށް ޖިންސީ ގޯނާކުރި އެޕްސްޓީންއާއެކު ޓްރަމްޕް ގިނަ ފޮޓޯތަކަކުން ފެނިފައިވެއެވެ. އީރާނުން މިހާރު މަސައްކަތް ކުރަމުންދަނީ މި ގުޅުންތަކުގެ ވާހަކަ ދައްކައިގެން ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާގެ އަގު ވައްޓާލުމަށެވެ.