މިރޭ އިޒްރޭލަށް މި ދެނީ ހަނގުރާމަ ފެށިފަހުން މިހާތަނަށް ދޭ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާ: އީރާން
މިހާރު ކުރިއަށްދާ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް އަމާޒުކޮށް ދެވޭ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތައް މިރޭ ފެނިގެންދާނެ ކަމަށް އީރާނުން ބުނެފި އެވެ. މިއީ މިހާތަނަށް ދެވޭ އެންމެ ބޮޑު އަސްކަރީ ކުރިމަތިލުމަށް ވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އިރާނުން ދޭން ގަސްދުކުރާ ހަމަލާތައް ދިނުމުގެ ކުރިން އެކަން އިއުލާނު ކުރުމަކީ އަސްކަރީ ގޮތުން ބަލާއިރު ބައެއް ފަރާތްތަކަށް ސުވާލު އުފެދޭ ކަމެކެވެ. އާންމު ގޮތެއްގައި ހަމަލާއެއް ދިނުމުގެ ކުރިން އެކަން ހާމަކުރުމަކީ އިދިކޮޅު ފަރާތްތަކަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއް ކަމަށް ބެލެވުނު ނަމަވެސް، މީގެ ފަހަތުގައި ސިޔާސީ އަދި ނަފްސާނީ ބޮޑު މަގްސަދެއް އޮތްކަން މިހާރު ވަނީ ފާހަގަކުރެވިފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ހަމަލާ ދިނުމުގެ ކުރިން އެކަން އިއުލާނު ކުރުމުގެ މައިގަނޑު ބޭނުމަކީ އިސްރާއީލު ދުނިޔޭގެ ކުރިމަތީގައި ލަދުގަންނަވާލުމެވެ. ހަމަލާއެއް އަންނާނެކަން އެނގި ތިބެ، އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކާއެކު ވެސް އިސްރާއީލަކީ ނިކަމެތި ބައެއްކަން ދެއްކުމަކީ އިރާނުގެ އެއް އަމާޒެވެ.
Ads by BMLމިގޮތަށް ދޭ ހަމަލާ ކުރިޔާލާ އިއުލާނު ކުރުމުން، އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ދިފާއީ ނިޒާމުތަކަށް އޮތް އިތުބާރު ކުޑަވެގެންދެ އެވެ. އަދި ހަމަލާ އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަން ޖެހުމަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރިމަތިވާ ވަރަށް ބޮޑު ނަފްސާނީ ގޮންޖެހުމެކެވެ.
މިރޭ ދޭން ނިންމާފައިވާ ހަމަލާއާއެކު ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ މި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
Ads by MACL
