އީރާނުގެ "ޑޮލަރު ސްޓްރެޓެޖީ" އަދި މިސައިލް ޓެކްނޮލޮޖީގެ އާ ބާބު
މެދުއިރުމަތީގެ މަސްރަޙު މިހާރު ފެންނަ ގޮތުގައި، އީރާނުން ދަނީ ދުނިޔޭގެ ސުޕަޕަވަރއެމެރިކާއާއި އިޒްރޭލާ ދެކޮޅަށް މުޅިން އާ ދެ ހަތިޔާރެއް ބޭނުންކުރަމުންނެވެ.
އެއީއެމެރިކާގެ އިޤްތިޞާދީ މައިބަދަ ބިންދާލާނެ "ޑޮލަރު ސްޓްރެޓެޖީ" އާއި، ޒަމާނީހަނގުރާމައިގެ އުކުޅުތައް މުޅިން ބަދަލުކޮށްލި "މިސައިލް ޓެކްނޮލޮޖީ" އެވެ. މިއީހަމައެކަނި ދިފާއީ ހަނގުރާމައެއް ނޫނެވެ؛ މިއީ ދުނިޔޭގެ ބާރުގެ މިސްރާބުބަދަލުކޮށްލަނިވި "ގޭމް ޗޭންޖަރ" އެކެވެ.
އީރާނުގެ "ޑޮލަރު ސްޓްރެޓެޖީ": އިޤްތިޞާދީ މަރުގެ ހަމަލާ
އީރާނުގެ އެންމެ ވަރުގަދަ އެއް އަމާޒަކީ އެމެރިކާ ޑޮލަރުގެ ނުފޫޒު ކަނޑުވާލުމެވެ. މިއީއެމެރިކާގެ "ޕެޓްރޯޑޮލަރު" ނިޒާމަށް އަމާޒުކޮށްގެން ރާވާފައިވާ ކަމެކެވެ. މިގޮތުން ތެޔޮފީފާއެއްގެ އަގު 200 ޑޮލަރަށް އެރުވުމަކީ އީރާނުގެ މަޤްޞަދެއްކަން ބެލެވެން އެބައޮތެވެ. މިއަގަށް ތެޔޮ އުފުލިއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އޮތް އިތުބާރު ގެއްލި، އެމެރިކާގެއިންފްލޭޝަން ކޮންޓްރޯލުން ނެއްޓިގެންދާނެއެވެ. އަނެއްކޮޅުން GCC ޤައުމުތަކުގެތެޔޮ ވަސީލަތްތަކަށް ހުރަސްއެޅުމުން، އެ ޤައުމުތަކުން ތެޔޮ ވިއްކައިގެން ލިބޭފައިސާއިން އެމެރިކާގެ ސްޓޮކް މާކެޓަށާއި ބޮންޑުތަކަށް ބިލިއަނުން ކުރާ ޑޮލަރުގެއިންވެސްޓްމަންޓް ހުއްޓޭނެއެވެ. މިއީ އެމެރިކާގެ މާލީ ނިޒާމު ބަންގުރޫޓުވާނެ "ޑޮމިނޯއިފެކްޓް" އެކެވެ.
Ads by BMLމިސައިލް ޓެކްނޮލޮޖީ: ޒަމާނީ ހަނގުރާމައިގެ "ގޭމް ޗޭންޖަރ"
އީރާނުގެ މިސައިލް ޓެކްނޮލޮޖީ ވަނީ ޒަމާނީ ހަނގުރާމައިގެ އުކުޅުތައް މުޅިންބަދަލުކޮށްލާފައެވެ. މިއީ މިހާރު ސާބިތުވެފައިވާ ހަގީގަތެކެވެ. މިގޮތުން އިޒްރޭލުގެ "އަޔަންޑޯމް" އާއި އެމެރިކާގެ "ޕެޓްރިއަޓް" ނިޒާމުތަކަކީ އީރާނުގެ ހައިޕަރސޮނިކް މިސައިލްތަކުގެކުރިމަތީގައި ނުކުޅެދޭ އެއްޗެއްކަން ވަނީ ސާބިތުވެފައެވެ. މި ހަނގުރާމައަށް ކުރާ ހޭދައިގެ ތަފާތުވެސް އެހާމެ ބޮޑެވެ. އެމެރިކާއިން މިލިއަން ޑޮލަރުގެ މިސައިލް ބޭނުންކޮށްގެންވައްޓާލަން މަސައްކަތްކުރަނީ އީރާނުގެ އެންމެ 50,000-15,000 ޑޮލަރުގެ ޑްރޯންއެވެ. މިއީ އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އީރާނުން ހޯދި ބޮޑު ކާމިޔާބީއެކެވެ.ހަމައެއާއި އެކު އީރާނުގެ މިސައިލްތައް އަމާޒުތަކަށް ވާސިލްވުމުގެ ކުޅަދާނަކަން(Accuracy) ނުވަތަ ޕްރެސިޝަން ސްޓަރައިކް ހުރި މިންވަރުން، އެމެރިކާގެމަނަވަރުތަކާއި އިޒްރޭލުގެ މުހިންމު ތަންތަން މިހާރު އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެދަށުގައި ކަމަށް އަސްކަރީ މުޙައްލިލުން އިއްތިފާޤުވެއެވެ.
ފަލަސްޠީނާއި ލުބުނާނުގެ ހިމާޔަތް
މި އާ ބާރުވެރިކަމުގެ ސަބަބުން، އިޒްރޭލުން ފަލަސްޠީނާއި ލުބުނާނުގައި ހިންގާލާއިންސާނީ އުދުވާންތަކަށް ބޮޑު ހުރަހެއް އެޅިގެންދާނެއެވެ. އީރާނުގެ މިސައިލްތަކަކީ"ބިރުދެއްކުމެއް" ނޫންކަމާއި، އެއީ "އަމަލީ ހަގީގަތެއް" ކަން އެނގުމުން، އިޒްރޭލަށް ދެންކޮންމެ ފަހަރަކު އަވަށްޓެރި ޤައުމުތަކަށް އަރައިގަންނާކަށް ނުކެރޭނެއެވެ. އިޒްރޭލުގެއިޤްތިޞާދަށް މިހާރުވެސް 17 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު، އީރާނުގެ"ޑޮލަރު ސްޓްރެޓެޖީ" ގެ ސަބަބުން އިޒްރޭލަށް ލިބޭ އެމެރިކާގެ އެހީތެރިކަންވެސްމުސްތަޤްބަލުގައި ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ހުރިހާ ކުރިމަތިލުމަކަށްފަހު ފެންނަން އޮތް ހަގީގަތަކީ، އީރާނަކީ މިހާރު މެދުއިރުމަތީގެއެންމެ ނުފޫޒުގަދަ "ސްޓްރެޓީޖިކް ޕަވަރ" ކަމެވެ. އާޔަތުﷲ ޚާމަނޭއީގެ ބަދަލުގައި ޒުވާން،ލީޑަރަކު ވެރިކަމަށް އައުމަކީ، މިހާރު އުފެދިފައިވާ އާ އަސްކަރީ އަދި އިޤްތިޞާދީ ނިޒާމުއިތުރަށް ވަރުގަދަވާނެ ކަމެއްކަމެވެ. އީރާނުން ދުނިޔެއަށް ދައްކައިދެމުންދަނީ އެމީހުންގެ މިސައިލް ޓެކޮލޮޖީގެ މޮޅުކަން އެކަންޏެއްނޫނެވެ. އެމީހުން މިވަނީ އެމެރިކާގެ އިޤްތިޞާދީބާރު ކަނޑުވާލައި، ޒަމާނީ ހަނގުރާމައިގެ މުޅިން އާ ޤަވާޢިދުތަކެއް ލިޔެފައެވެ. މިއީއިޒްރޭލާއި ހުޅަނގަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ނާކާމިޔާބީއެވެ.
Ads by MACL
