ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު “ދަގަނޑޭ” އަލުން އެނބުރި ގައުމީ ޓީމަށް،
މިއަދަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ދުވަހަކަށް ވާނޭކަމީ ޝައްނެއްވެސް އޮތްކަމެއް ނޫނެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ރާއްޖޭހެ ތާރީޚް ދުއް އެންމެ މޮޅު ފުޓުބޯޅަ ތަރި އަލީ އަޝްފާގު (ދަނގަޑޭ) އަނެއްކާވެސް މިވަނީ އެނބުރި ގައުމީ ޓީމާއި ގުޅިފަ އެވެ.
އަލީ އަޝްފާޤު ގައުމީ ޖާޒީގައި ފެނުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.
ދަގަނޑޭއަކީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނެވެ. އޭނާގެ ހުނަރާއި، ދަނޑުމަތީގައި ދައްކާ ހިތްވަރަކީ މުޅި ގައުމު ފަޚުރުވެރިވާ ކަމެކެވެ. ގައުމީ ޓީމަށް އޭނާ އެނބުރި އައުމަކީ ޓީމުގެ ރޫހު އިތުރަށް ވަރުގަދަވެ، ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކޡާއި އަޒުމަކަށް ވާނެ އެވެ.
Ads by BMLމި ފުރުސަތުގައި ދަގަނޑޭއަށް ޖީލު އޮންލައިންގެ ނަމުގައި ވަރަށް ހޫނު މަރްޙަބާއެއް ކިޔަމެވެ.
އަޅުގަނޑުމެން އެންމެހާ ދިވެހިންގެ އުއްމީދަކީ ދަގަނޑޭގެ ތަޖުރިބާގެ އަލީގައި ގައުމީ ޓީމަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދިއުމެވެ. އަދި ދަނޑުމަތިން އޭނާގެ އެ އާދަޔާޚިލާފު ކުޅުން އަލުން ބަލާލުމުމުގެ ފުރުސަތު ލިބިގެން ދިއުމެވެ، މުޅި ރާއްޖޭހެ އެންމެހާ ދިވެހި ރައްޔިތުން މިހާރު ވެސް މިތިބީ ދަގަނޑޭގެ މޮޅު ކުޅުން ގައުމީ ޖާޒީގައި ފެންނާނެ ދުވަހަކަށް ކެތްމަދުވެފަ އެވެ.
Ads by MACL
