އީރާނުން ފޮނުވާ ބެލިސްޓިމް މިސައިލްތައް ހުއްޓުވުމުގައި އިޒްރޭލް ފެއިލްވެ، އެމެރިކާގެ އެހީއަށް އެދިއްޖެ
އިރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ބެލިސްޓިކް މިސައިލް ހުއްޓުވުމަށް ބޭނުންކުރާ ދިފާއީ ސިސްޓަމްތައް ވަރަށް ބޮޑަށް މަދުވެ ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށް އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ ނިއުސް ވެބްސައިޓެއް ކަމަށްވާ ސެމަފޯ އިން މިކަމާ ގުޅުންހުރި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، މި ހަފްތާގެ ތެރޭގައި އިސްރާއީލުން މިކަން އެމެރިކާއަށް ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަލްޖަޒީރާއިން ބުނެފައިވަނީ މި ރިޕޯޓްގެ ސައްހަކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ދިފާއީ ސިސްޓަމްތަކުގެ ގާބިލިއްޔަތު ދަށްވެފައިވާކަން އެމެރިކާއަށް އެނގޭތާ މިހާރު މަސްތަކެއް ވެއްޖެއެވެ. މީގެ އިތުރުން، އިސްރާއީލުގެ ދިފާއީ ސިސްޓަމްތައް މަދުވި ނަމަވެސް، އެމެރިކާގެ އަމިއްލަ ދިފާއީ ސިސްޓަމްތަކުގެ ސްޓޮކް މަދުނުވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
Ads by BMLމި ދަނޑިވަޅަކީ އިރާނުން އިސްރާއީލަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލުން އެގައުމުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަމުންދާ ވަގުތެކެވެ. ދިފާއީ ސިސްޓަމްތައް މަދުވުމަކީ އިސްރާއީލުގެ ދިފާއީ ނިޒާމަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ
Ads by MACL
