އެއް ހަފްތާގެ މުއްދަތަށް ކައްކާ ގޭސް ކޮންޓްރޯލްކޮށް، 5 ކިލޯގެ ގޭސް 100 ރުފިޔާއަށް
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ ވަރަށްވުރެ މަދުން އަނެއްކާވެސް ވިއްކަން ފަށައިފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭސް ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މޯލްޑިވް ގޭސްއިން ވަނީ އެ ކުންފުނީގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ ހިމެނޭހެން ގިނަ ގައުމުތަކަކަށް ހަކަތަ ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
Ads by BMLއެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން މިހާރު ވަނީ، މީގެ ކުރިން އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، ފަސް ކިލޯގެ ގޭސް ވިއްކަން ފަށާފައެވެ. އެގޮތުން، މިހާރު 10 ކިލޯގެ ފުޅިތަކުގައި ވިއްކުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯގެ ގޭހެވެ.
މޯލްޑިވް ގޭސްއިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް މިހާރު ބާޒާރުން ލިބެން ހުންނާނީ 100 ރުފިޔާއަށެވެ.
Ads by MACL
