ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތެޔޮ ލިބުމުގައި މިވަގުތައް ހުރަހެއް ނެތް، މިމަހު 3 ޝިޕްމަންޓެއް ލިބުނަސް އަގަށް ބަދަލު އަތުވެދާނެ!

ތެޔޮ ލިބުމުގައި މިވަގުތައް ހުރަހެއް ނެތް، މިމަހު 3 ޝިޕްމަންޓެއް ލިބުނަސް އަގަށް ބަދަލު އަތުވެދާނެ!

ތެޔޮ ލިބުމުގައި މިވަގުތައް ހުރަހެއް ނެތް، މިމަހު 3 ޝިޕްމަންޓެއް ލިބުނަސް އަގަށް ބަދަލު އަތުވެދާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު ޖީލަށް ވިދާޅުވީ، ރާއްޖޭގެ ތެލުގެ ސްޓޯރޭޖުގެ ހާލަތު މިވަގުތު ރަނގަޅުކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރުމުގެ ކަންކަން ވަރަށް ހަރުދަނާ ރޭވުންތެރިކަމެއްގެ ދަށުން ބަލަހައްޓަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއަށް ބޭނުންވާ ވަރަށް ތެލުގެ ރިޒާވް މިހާރުވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. މީގެ އިތުރުން، މި މަހުގެ 20 އާއި 23 ވަނަ ދުވަހު ތެލުގެ އާ ޝިޕްމަންޓްތަކެއް ރާއްޖެއަށް ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު 100 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައިވުމުގެ ސަބަބުން، ތެޔޮ ލިބުމުގައި ދަތިތަކެއް ނެތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު އުފުލުމުގެ ފުރުސަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ވިއްކަމުންދާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ. ދުނިޔޭގެ ބާޒާރުގެ ހާލަތު މިގޮތަށް ދެމިއޮވެއްޖެނަމަ، އަގުތައް މިއަށްވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޕެޓްރޯލާއި ޑީސަލްގެ އިތުރުން ފިއުލް އޮއިލް އަދި ޖެޓް ފިއުލްގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެޔޮ އުފުލުމުގައި އިންޝުއަރެންސްގެ ގިނަ ދަތިތަކެއް ބައެއް ފަރާތްތަކަށް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް މިހާތަނަށް ތެޔޮ ގެންނަނީ އިންޝުއަރެންސްގެ ރައްކާތެރިކަމާއެކު ކަމަށްވެސް ޝިމާދު ހާމަކުރެއްވިއެވެ.