ޝާހިދު އައްޑޫ ސިޓީއަށް، ފައްޔާޒު ށ އަތޮޅަށް
ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމާއި ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ޕާޓީގެ ރަސްމީ ދަތުރެއްގައި މާދަމާ އަތޮޅު ތެރެއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން ފައްޔާޒް، މާދަމާ ހެނދުނު ށ. އަތޮޅަށް ވަޑައިގެން ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރާނެއެވެ. އަދި، މާދަމާ މެންދުރު ޕާޓީގެ ރައީސް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ އެވެ.
ދެ ބޭފުޅުންގެ މި ދަތުރުގައި ވެސް އެ އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
Ads by BMLމި ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރު ގިއަރަކަށް މަތި ކުރުމާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އޭގެ އިތުރުން، މި ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ދީ އެ ކަންކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މި ދަތުރުތަކުގައި ޕާޓީގެ ޗެއާޕާސަނާއި ރައީސްގެ އަރިހުގައި ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުން ވެސް ބައިވެރިވާނެ އެވެ.
Ads by MACL
