ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާ-އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 120 ސްކޫލް ހިމެނޭހެން، 42،000 އިމާރާތް ވަނީ ސުންނާފަތި ކޮށްލާފަ

އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ އީރާނުގެ ސްކޫލު އިމާރާތެއް
އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ އީރާނުގެ ސްކޫލު އިމާރާތެއް

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި، އާންމުން ދިރިއުޅޭ އަދި ބޭނުންކުރާ 42،000 އަށްވުރެ ގިނަ އިމާރާތް ތައް ބިމާއި ހަމަކޮށް ސުންނާފަތި ކޮށްލާފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ. މި ހަމަލާތަކަކީ އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތުގެ އަތަފާސްހިސާބުތަކެވެ.

ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަމަލާތަކުގައި ސުންނާފަތިވެފައިވާ ތަންތަނުގެ ތެރޭގައި އާންމުން ދިރިއުޅޭ 36،000 ގެ ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރިކުރާ 6،000 އަށްވުރެ ގިނަ އިމާރާތަށް ވެސް ވަނީ އެކި މިންވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ހަމަލާތަކުގައި ތައުލީމީ ދާއިރާއަށް ވެސް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން 120 އަށްވުރެ ގިނަ ސްކޫލަށް ހަމަލާދީ ބިމާއި ހަމަކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ސަތޭކައަށްވުރެ ގިނަ މުދައްރިސުންނާއި ދަރިވަރުން ޝަހީދުވެ އެއްތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. ނަމަވެސް ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިވުމުގެ ސަބަބުން އިއާދަކުރުމުގެ މަސައްކަތަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.