ޢަރަބި ލީޑަރުން އެމީހުންގެ ހެއްދެވި ފަރާތައްވުރެ ބޮޑަށް ޓްރަމްޕް ދެކެ ބިރުގަނޭ: ރަޝިއާ ފޮރިން މިނިސްޓަރ
އަރަބިގައުމުތަކުގެ ވެރިން އެމީހުން ހެއްދެވި ފަރާތައްވުރެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެކެ ޖެހިލުންވެ ބިރުގަންނަކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ލަވްރޯވް ވިދާޅުވީ ގިނަ ޢަރަބި ލީޑަރުން ތިބެނީ އެމެރިކާގެ ދަށުވެގެން ތަޅު އެޅުވިފައި ކަމަށާއި އެހެން ވެ އަރަބި ގައުމުތަކުގެ ހުރިހާ ލީޑަރުން ވެސް ތިބެނީ އެނީހުން ހެއްދެވި ފަރާތައް ވުރެ ބޮޑަށް ޓްރަމްޕް ދެކެ ބިރުން ކަމަށެވެ.
" މިއަދު އަރަބި ގައުމުގެ ތަކުގެ ލީޑަރުންގެ ހާލަތަށް ބަލާއިރު، އެމީހުން އެމީހުންގެ ހެއްދެވި ފަރާތައް ވުރެ ބޮޑަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެ ބިރުގަންނޭ. މުޅި އަރަބި ހުރިހާ ގައުމެއް ތިބީ އެމެރިކާ ދަށުވެ ފިތިފަ." ލަވްރޯވް ވިދާޅުވި އެވެ.
ލަވްރޯވްގެ މި ބަސްފުޅަކީ ސަރަޙައްދީ ލީޑަޝިޕްގެ މައްޗަށް އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ،
Ads by BMLލަވްރޯވްގެ މި ނަޒަރިއްޔާއިން ދޭހަވަނީ ބައިނަލްއަޤުވާމީ ގުޅުންތަކާއި، އަސްކަރީ އިއްތިޙާދުތަކާއި، އަދި އިޤްތިޞާދީ ހަމަޖެހުމުގެ ޢަމަލީ ޙަޤީޤަތްތަކުގެ ސަބަބުން މިނިވަން ދައުލަތްތަކުގެ ނިންމުންތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމެވެ. ޚާއްޞަކޮށް އެމެރިކާގެ "މެކްސިމަމް ޕްރެޝަރ" ނުވަތަ މުޢާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ޑިޕްލޮމެސީގެ ސަބަބުން، ސަރަޙައްދީ ލީޑަރުންނަށް ވަނީ އެބޭފުޅުންގެ ޤައުމީ ސަލާމަތާއި ވެރިކަން ދެމެހެއްޓުމަށްޓަކައި ނުރައްކާތެރި ނިންމުންތަކެއް ނިންމަން މަޖުބޫރުވެފައެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ލަވްރޯވް އިޝާރާތްކުރެއްވީ، އެމެރިކާގެ މަޞްލަޙަތުތަކާ ދެކޮޅަށް މަސައްކަތް ކުރުމުން ކުރިމަތިވެދާނެ ސިޔާސީ އަދި އިޤްތިޞާދީ ނަތީޖާތަކަކީ، ދީނީ ނުވަތަ ފިކުރީ އުޞޫލުތަކަށްވުރެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ލީޑަރުންނަށް އިޙްސާސް ކުރެވޭ ކަމަށެވެ.
މިއީ މާއްދީ ފައިދާއާއި ސިޔާސީ ބާރުވެރިކަމުގެ ކުރިމަތީގައި ރޫޙާނީ ގޮތުން ސަމާލުކަން ކުޑަވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަޔާނާއެކު ބައިނަލްއަޤުވާމީ މަސްރަޙުގައި މެދުއިރުމަތީގެ ޤައުމުތަކާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާ މެދު އައު ބަޙުޘްތަކެއް ވަނީ ފެށިފައެވެ. ޚާއްޞަކޮށް ބާރުގަދަ ޤައުމުތަކުގެ ނުފޫޒުގެ ސަބަބުން ކުދި ޤައުމުތަކުގެ މިނިވަންކަމާއި އިސްލާމީ އުޞޫލުތަކަށް ކުރިމަތިވާ ގޮންޖެހުންތައް މިކަމުން ހާމަވެގެންދެއެވެ.
Ads by MACL
