ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިބްރާހީމް އަބޫބަކުރުގެ ތާއީދު އަރީޝްއަށް، ރައީސްގެ ޝުކުރު

އިބްރާހިމްގެ ނިންމެވުން ހާމަކުރައްވަނީ
އިބްރާހިމްގެ ނިންމެވުން ހާމަކުރައްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރުގެ ތާއީދު އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާ މުޙައްމަދު ޢަރީޝްއަށް އޮތްކަން ހާމަކޮށްފި އެވެ.

އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރެވެ. އަރީޝް އަކީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރެވެ. އޭނާ އަކީ މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރެވެ. އިބްރާހިމް އަބޫބަކުރު ވަނީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރުމަށް ފޯމް ހުށައަޅާފަ އެވެ. އަރީޝް ވާދަ ކުރަނީ ޕީއެންސީގެ ފަރާތުންނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މިއަދު މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ދޮރުން ދޮރުން ހިންގެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި އިބްރާހީމް އަބޫބަކުރު ވަނީ ބައިވެރިވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ޕީއެންސީގެ ކެންޑިޑޭޓް އަރީޝްއާއެކު ނޫސްވެރީންނާއި ބައްދަލުކޮށް އިބްރާހީމް އަބޫބަކުރު ވަނީ އޭނާގެ ތާއީދު އަރީޝްއަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ހުންނަވާ އިބްރާހިމް ވިދާޅުވީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ނަމަވެސް އެ ނިންމެވުން މިހާރު ބަދަލު ކުރައްވާފައިވާ ކަމަށެވެ.


އަދި ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް އެ ދާއިރާގެ ކައުންސިލަރެވެ.


އިބްރާހިމް އަބޫބަކުރުގެ އެ ނިންމެވުން ހާމަކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއީ ޕާޓީއަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.


ރައީސް ވިދާޅުވީ އިބްރާހިމާއި އަރީޝް އަކީ ވެސް އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު އދި މިހާރުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދެވި ދެ ކައުންސިލަރުން ކަމަށެވެ.


އަދި ޑެޕިއުޓީ މޭޔަރަށް ތާޢީދު ކުރައްވަން ނިންމެވީތީ ރައީސް ވަނީ އިބްރާހިމަށް ޝުކުރު އަދާކުރައްވާފަ އެވެ.