ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ، ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފެށުން. ފޮޓޯ: އެމްއޭސީއެލް
ތ، ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފެށުން. ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ވޭމަންޑޫ ހިއްކުމުގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތް ރަސްމީކޮށް ފެށީ އިއްޔެއެވެ.


ހިއްކުމުގެ މި ބޮޑު އޮޕަރޭޝަން ހިންގުމަށް ބޭނުންކުރަނީ ފިލިއްޕޯ ބްރޫނެލެސްކީ ނަމަކަށް ކިޔާ ޓްރެއިލިން ސަކކްޝަން ހޮޕަރ ޑްރެޖަރެކެވެ.


11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހިމެނޭ މި ޑްރެޖަރަކީ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ހާއްސަ، ގާބިލިއްޔަތުކަން ބޮޑު އުޅަނދެކެވެ.