ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމައާއި ގުޅިގެން ރާއްޖޭގައި ތެލުގެ އަގަށް ބޮޑު ބަދަލެއް،

ހަނގުރާމައާއި ގުޅިގެން ރާއްޖޭގައި ތެލުގެ އަގަށް ބޮޑު ބަދަލެއް،

ރާއްޖޭގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ޖެހިލައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 200 އިންސައްތަ ބޮޑު ވެފައެވެ.

ރާއްޖޭގެ މަސް ކުންފުނި މިފްކޯއިން ވެސް ވަނީ މާދަމާ އިން ފެށިގެން ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފައެވެ.

ބައެއް އޮޑިވެރިން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މާދަމާ އިން ފެށިގެން މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 27.24 ލާރި އަށެވެ.

އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 28.54 ލާރިއަށެވެ.

މިކަން އަދި ރަސްމީ އެއްވެސް ފަރާތުން ކަށަވަރުކޮށްދީިފައި ނުވިނަމަވެސް ތެލުގެ އަގަށް ބަދަލު އަންނާނެކަމަށް ރާއްޖޭގައި ތެޔޮ ވިއްކާ ހުރިހާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.