ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަހަކުން ފަތެއް ހެލިލިޔަސް ޝައުފާ ކަމަށް ވަންޏާ، އިންތިހާބު ކާމިޔާބު ކުރާނީ ވެސް ޝައުފާކަން ޒަހިއްޔާއަށް އިނގޭނެ!

ގަހަކުން ފަތެއް ހެލިލިޔަސް ޝައުފާ ކަމަށް ވަންޏާ، އިންތިހާބު ކާމިޔާބު ކުރާނީ ވެސް ޝައުފާކަން ޒަހިއްޔާއަށް އިނގޭނެ!

ހުޅުމާޅެ އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ޒަހިއްޔާގެ ޕޯސްޓަރަށް ގެއްލުން ދިނުމަކީ މިނިވަން އިންތިހާބެއްގައި ކުރި ކުށެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމުގައި ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝައުފާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެންޑީޑޭޓު ޒަހިއްޔާގެ ކެމްޕެއިން ޕޯސްޓަރަށް ގެއްލުން ދީފައިވާ ކަމަށް ބުނެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެކަން ކޮށްފައިވަނީ އޭނައާއި އިދިކޮޅު ފަރާތްތަކުން ކަމުގައި ޒަހިއްޔާ ވަނީ ބުނެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ޝައުފާ ހާމަކުރެއްވި ގޮތުގައި އޭނާގެ ޓީމުން އެފަދަ ކަމެއް ނުކުރައްވާނޭ ކަމުގައެވެ. އަދި ވަރަށް އިހުތިރާމާއިއެކު އެފަދަ ތުހުމަތުތައް ނުކުރުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.

އަދި ހަމަ އެއާއިއެކު ގަހަކުން ފަތެއް ހެލިލިޔަސް ޝައުފާ ކަމަށް ޒަހިއްޔާއަށް ހީވަންޏާ، އިންތިހާބުން އޭނާއަށް ކާމިޔާބު ކުރެވޭތަން ވެސް ޒަހިއްޔާއަށް ފެންނާނޭކަމަށް ޝައުފާ ވަނީ ބުނެފައެވެ.