ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުފާވެރި ޚަބަރެއް: އީރާނުން އިޒްރޭލުގެ ނޮދަން ކޮމާންޑުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ރަފީ މިލޯ މަރާލައިފި

އިސްރާއީލުގެ ނޮދަން ކޮމާންޑުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ރަފައެލް ޑޭވިޑް މިލޯ
އިސްރާއީލުގެ ނޮދަން ކޮމާންޑުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ރަފައެލް ޑޭވިޑް މިލޯ

އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކުގައި ޣައްޒާއާއި ލުބުނާނުގައި އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުންދާ އިސްރާއީލުގެ ނޮދަން ކޮމާންޑުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ރަފައެލް ޑޭވިޑް މިލޯ މަރާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީރާނުން މި ހަމަލާ ދީފައިވަނީ ވަރަށް ބޮޑަށް އަމާޒައް ބަލައިގެން، ސީދާ އޭނާ ނައްތާލުމުގެ މަގްސަދުގަ އެވެ. މިއީ މިހާރު ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.

މި ހަމަލާއާއެކު، އިޒްރޭލާއި އެގައުމުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ބާރުވެރިކަމާ މެދު އުފެދިފައި އޮތް ވަހުމްތައް ވަނީ ފުނޑުފުނޑުވެފަ އެވެ. ދައުލަތެއްގެ ފެންވަރުގައި ކުރިމަތިލާން ޖެހުމުން، އިޒްރޭލުގެ ދިފާއީ ނިޒާމުތައް ބަލިކަށިވެ، މުޅި އަސްކަރިއްޔާ ވަނީ ހާސްކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އީރާނުން މިފަދަ ވަރުގަދަ އަސްކަރީ ގާބިލުކަމެއް ދުސްމަނުންގެ ކުރިމަތީގައި ދައްކާލާފައި މިވަނީ، ވޭތުވެދިޔަ 40 އަހަރު ދުވަހު އެގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ދުނިޔެއިން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ. މި ހަމަލާއަކީ ސަރަހައްދީ ހަނގުރާމައިގެ މިސްރާބު ބަދަލުވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.