ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާންމު ރައްޔިތުންނާއި، މަސްވެރިންނަށް ކުރިއެކޭ އެއް އަގެއްގައި ތެޔޮ ލިބޭނެ: އެސްޓީއޯ

އާންމު ރައްޔިތުންނާއި، މަސްވެރިންނަށް ކުރިއެކޭ އެއް އަގެއްގައި ތެޔޮ ލިބޭނެ: އެސްޓީއޯ

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީއާއި މަސްވެރިންނާއި އާންމު ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު ޖީލަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ކުރިއެކޭ އެއް އަގެއްގައި ތެޔޮ ލިބޭނެކަމަށެވެ.

ކުރިއެކޭ އެއް އަގެއްގައި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ. އަދި މަސްވެރިންނަށް ފަހިހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރީ އަގުގައި މަސްވެރިންނަށް ވެސް ތެޔޮ ލިބޭނެ: އޮފިޝަލް

މާލެ ސަރަހައްދުގެ އަގުތަކަށް ބަލާއިރު، އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.


އެސްޓީއޯއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތައް އުފުލުނު ނުދިނުމަށެވެ. މި އިންތިޒާމުތަކުގެ ސަބަބުން އާންމު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.