ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންހެން މީހާ ވެއްޓުނު ހާދިސާ: ރައުދު ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދެފި 

އަންހެން މީހާ ވެއްޓުނު ހާދިސާ: ރައުދު ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދެފި 

މިމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާއާއެކު އެވަގުތު އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މި މައްސަލާގައި ހިމެނޭ ރައުދު އަހްމަދު ޒިލާލް ކެނެބިސްއަށް ޕޮޒިޓްވެފައިވާކަމަށެވެ. އަދި އޭނާގެ ފަރާތުން ފެނުނު މައްސަލަތައް ވެސް އެބައުޅޭ ކަމަށާއި އެހެންކަމުން ރައުދު ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާ ކަަމަށެވެ.

"ކޮރަބަރޭޝަން މައްސަލަ އެބައުޅޫ. ރައުދުގެ ފަރާތުން ވެސް. އެހެންވީމަ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ކޯޓު އަމުރަކަށް އެދިފަ" ފުލުހުން ވިދާޅުވިއެވެ.

ހެންވޭރު ފެންޓެނޯއީ ގެއާއި އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހު 7:30 ހާއިިިރުކަމަށެވެ. ރިޕޯތްކޮށްފައިވަނީ ހެންވޭރުގައި ހުންނަ ފުލުސް އޮޮފީހަށް ކަމުން އެންމެ ފުރަތަމަ މި މައްސަލައަށް އެޓެންޑުވެފައި ވަނީ ހެންވޭރު ފުލުހުންނެވެ. އެންމެ ފުރަތަމަ ވެސް ބެލީ އަންހެން މީހާއަށް ފަރުވާ ދިމުނަށް ކަމަށާއި އެއީ ގާނޫނުގައި ވެސް އެކަހަލަ މައްސަލައެއްގައި އަމަލު ކުރަން ޖެހޭ ގޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ދެން ބެލީ އަންހެން މީހާއަކީ ކާކުކަން ދެނެގަތުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ސީސީޓީވީ ފޫޓޭޖްތަކުން ދައްކާ ގޮތުގައި އަންހެން މީހާ ވެއްޓޭ ކަމަށް ބެލެވިފައިވަނީ ފަތިހު 5:00 ހާއިރުއެވެ.