ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަރިޖާނީ އަވަހާރަ ނުވާކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި

ލަރިޖާނީ އަވަހާރަ ނުވާކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި

އީރާނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ލާރިޖާނީ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މިއީ ލަރިޖާނީގެ ފުރާނަ ދުއްވާލަން ސީދާ އޭނާއަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެއް ނޫން ކަމަށާއި މިފަދަ އެތައް ހަމަލާއެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓިތަކުން ބުނެފައިވެ އެވެ. އެހެން ނަމަވެސް މި ހަމަލާތައް ނާކާމިޔާބުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ ފަރާތުން ބުނެފައިވަނީ، އީރާނުގެ ލީޑަރަކު ޝަހީދުކޮށްލުމަކީ އެ ގައުމުގެ މަގްސަދުތަކަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެއް ލީޑަރަކު ޝަހީދުވެއްޖެ ނަމަ، އެ މަގާމަށް އިތުރު ދިހަ ލީޑަރުން ނުކުންނާނެ ކަމަށާއި، މާތް މައިންގެ އުނގުން އެފަދަ އެތައް ދަރިންނެއް އުފަންވާނެ ކަމަށް އީރާނުން ބުނެފައިވެ އެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އަގީދާއަށް އަލިއަޅުވާލަމުން އެ ގައުމުގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ، މަރުވުމަކީ އެބޭފުޅުން ސަލާމަތީ ގޮތުންނާއި ފިކުރީ ގޮތުން ގުޑުވާލެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ޝަހީދުވާން ޖެހުނު ކަމުގައި ވިޔަސް، އެހެން ބަޔަކު މި ދަންމަރުގައި ލަސްނުވެ ހިފާނެ އަދި އަހަރެންގެ މަގުސަދު ހާސިލް ކުރުމަށް އެ މީހަކު މަސައްކަތް ކުރާނެ،" އީރާނުގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ.

އީރާނުން އިތުރަށް ބުނެފައިވަނީ އިޒްރޭލާ ދެކޮޅަށް ކުރާ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށާއި، އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ހިތްވަރު އެލުވާނުލެވޭނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ