ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަންބޮޑުނުވޭ، ހަނގުރާމަ ނިމުމާއެކު ތެލާއި ގޭހުގެ އަގު ކުރިޔަށްވުރެ ވެސް ހެޔޮވެގެން ދާނެ: ޓްރަމްޕް

ކަންބޮޑުނުވޭ، ހަނގުރާމަ ނިމުމާއެކު ތެލާއި ގޭހުގެ އަގު ކުރިޔަށްވުރެ ވެސް ހެޔޮވެގެން ދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިއުމަކީ ވަގުތީ ކަމެއް ކަމަށް ވިދާޅުވެ، ތެލުގެ އަގު ވަރަށް އަވަހަށް ދަށަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މިހާރު ތެލާއި ގޭހުގެ އަގު އުފުލެމުންދަނީ މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ. ނަމަވެސް މި ހަނގުރާމަ ނިމުމަކަށް އައުމާއެކު، އާންމުން އުންމީދު ނުކުރާ މިންވަރަށް ތެލުގެ އަގު ދަށަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމާއެކު ތެލާއި ގޭހުގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށެވެ. އަދި އެއް ބަޔަކު ކަންބޮޑު ނުވުމަށާއި މަތިން ހިލަބުރިއެއް ވެއްޓޭހާ ބާރުމިނުގައި ތެލުގެ އަގު ތިރިވެގެން ދާނޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތުމާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި މި ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އިގްތިސާދީ ގޮތުން އާންމުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.