އިރާނާ ގުޅޭގޮތުން އިޒްރޭލުން ފަތުރަމުންދާ ދޮގު މައުލޫމާތުތައް ގަބޫލު ނުކުރުމަށް ގޮވާލައިފި
އިރާނުގެ އިސް ލީޑަރު އަލީ ލާރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެ އިސްރާއީލުން ފަތުރަމުންދާ ދޮގު ޚަބަރުތައް ގަބޫލުކުރުން ހުއްޓާލުމަށް އީރާނުން ގޮވާލައިފި އެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސް ލީޑަރުން ގެ މަރާއި ގުޅިގެން އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރުތައް ފަތުރަމުން ދިއުމާއި ގުޅިގެން ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދިފައިވާ ކަމަށް އީރާނުން ބުނެފައިވެ އެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ލާރިޖާނީ ވަނީ އަވަހާރަވެފަ އެވެ. އެހެން ނަމަވެސް އީރާނުން އެކަން ދޮގުކުރެ އެވެ.
Ads by BMLލަރިޖާނީ އަވަހާރަވި ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ އެއްވެސް ރަސްމީ ބަޔާނެއް އިރާނުގެ ސަރުކާރުން މިހާތަނަށް ނެރެފައެއް ވެސް ނުވެއެވެ. އަދި އޭނާގެ ހާލަތާ މެދު މިހާތަނަށް އެއްވެސް ކަށަވަރު މައުލޫމާތެއް ލިބިފައި ނުވާއިރު، އިސްރާއީލުގެ ދައުވާތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިސްރާއީލުގެ އިއުލާނަށް ފަހު، ލަރިޖާނީއާ ގުޅުންހުރި ބައެއް މެސެޖުތަކާއި ހަރަކާތްތައް ފެންމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު، އިސްރާއީލުން ފަތުރާ ޚަބަރުތަކުގެ ސައްހަކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ހަނގުރާމައިގެ ވަގުތުތަކުގައި އަސްކަރީ އޮޕަރޭޝަންތަކާ އެކުއެކީގައި މިފަދަ މައުލޫމާތުގެ ހަނގުރާމަތައް ކުރިއަށް ދިއުމަކީ އާންމު ކަމެކެވެ.
އިރާނަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ މި ވާހަކަތަކަކީ ނަފްސާނީ ހަނގުރާމައެއްގެ ބައެކެވެ. މިއީ އިރާނުގެ ލީޑަޝިޕާ މެދު އޮންނަ އިތުބާރު ކުޑަކޮށް، ގައުމުގެ ތެރޭގައި ހާސްކަން އުފެއްދުމަށް ފަތުރާ ދޮގު މައުލޫމާތު ކަމަށް އެފަރާތްތަކުން ސިފަކުރެއެވެ.
މީޑިއާގައި ދައުރުވަމުންދާ ލަރިޖާނީގެ ބަހެއްގައި އޭނާ ވަނީ އިސްރާއީލުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ.
މީޑިއާ މެދުވެރިކޮށް ހަގީގަތް އޮޅުވާލުމަކީ ޒަމާނީ ހަނގުރާމައިގެ މުހިންމު ހަތިޔާރަކަށް މިހާރު ވަނީ ވެފައި ކަމަށް އޭނާ ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިރާނާ ދެކޮޅަށް ހިންގާ މިފަދަ ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭންތައް ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
އިރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ މި ހަމަނުޖެހުމުގައި ދެ ފަރާތުން ވެސް ދަނީ ޕްރޮޕެގެންޑާގެ ބޭނުން ހިފަމުންނެވެ. ލަރިޖާނީގެ މަރާ ގުޅޭގޮތުން އެއްވެސް ހެއްކެއް ނެތުމާއި އިރާނުން އެކަން ދޮގުކުރުމުން، އޭނާ އަދިވެސް ދިރިހުރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައިގައި މައުލޫމާތުގެ ހަނގުރާމަ ބޮޑު ދައުރެއް އަދާކުރާކަން ހާމަކޮށްދޭ ކަމެކެވެ.
Ads by MACL
