މޮސާޑުގެ 50،000 އައްވުރެ ގިނަ ސިއްރު މައުލޫމާތުތަކެއް ހިމެނޭ ފައިލްތަކެއް ހެކްކޮށް ލީކުކޮށްލައިފި
އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ 50,000 އަށްވުރެ ގިނަ ސިއްރު ފައިލްތަކެއް ހެކްކޮށް، އާންމުކޮށްފި އެވެ.
މި ކަމާއި ގުޅިގެން އިޒްރޭލުގެ ސަލާމަތީ ބާރުތަކަށް ބޮޑު ހައިރާންކަމެއް ލިބުނުއިރު، މި ފައިލް ތައް ހެކްކޮށްފައި ވަނީ އީރާނަށް ނިސްބަތްވާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ 'ހަންޑަލާ' ގްރޫޕުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހެކް އެޓޭކް އަމާޒުކޮށްފައިވަނީ މޮސާޑުގެ ބަޖެޓް ޑައިރެކްޓަރުގެ މަގާމު ކުރިން ފުރުއްވާފައިވާ އަދި މިހާރު އައި.އެން.އެސް.އެސްގެ ފައިނޭންސް ހެޑްގެ މަގާމުގައި ހުންނެވި އީލާން ސްޓައިނާ އަށެވެ. މި ހަމަލާގެ ސަބަބުން އިޒްރޭލުގެ ޖާސޫސީ ނިޒާމުގެ އެންމެ އެތެރޭގެ ގިނަ މައުލޫމާތުތަކެއް ވަނީ ލީކުވެފަ އެވެ.
ހާމަވި ސިއްރުތަކުގެ ތަފްސީލު
ލީކުވި ފައިލްތަކުގެ ތެރޭގައި މޮސާޑުން ހިންގާ ސިއްރު އޮޕަރޭޝަންތަކާއި، އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ ޖާސޫސީ ނެޓްވޯކްތަކުގެ ތަފްސީލު ހިމެނެއެވެ. މީގެ އިތުރުން، ޒަޔަނިސްޓުންނަށް ވާގިވެރިވާ ފަރާތްތަކާއި، ފައިސާ ދައުރުވާ މަގުތަކުގެ އިތުރުން ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ރާވާފައިވާ ރޭވުންތަކުގެ މައުލޫމާތު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ތެލް އަވީވްގެ ސަލާމަތީ ދާއިރާތަކަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އިޒްރޭލުގެ ޖާސޫސީ އިދާރާއަކަށް ކުރިމަތިވި އެންމެ ބޮޑު އެއް ސައިބަރ ހަމަލާއެވެ. މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ
Ads by MACL
