ޤާނޫނުތައް ތަންފީޒު ކުރުމުގައި ހަސަބަކަށް، ނަސަބަކަށް ނުބަލާނަން, މިކަމުގައި ތަފާތު ކުރުމެއް ނެތް: ރައީސް
ޤާނޫނުތައް ތަންފީޒު ކުރުމުގައި ހަސަބަކަށް, ނަސަބަކަށް ނުބަލާނެ ކަމަށާއި ވަކި މީހަކަށް ވީތީ ތަފާތެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަަމަށެވެ. އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ނުބަލާނެ ކަމަށާއި، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވީ މާލޭގެ ގެއަކުން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޒުވާން އަންހެން ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މައްސަލައިގައި އާންމުގެ ގިނަ ބަޔަަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
Ads by BMLއާންމުން ތުހުމަތުކުރާ ގޮތުގައި މި މައްސަލައިގައި ފުލުހުންގެ އިހުމާލުން ގިނަ ގޯސްތަކެއް ހެދިފައި އެބަހުއްޓެވެ. އަދި މިކަމުގައި ސަރުކާރުގެ އިހުމާލުވެސް އޮތްކަމަށް އާންމުން ތުހުމަތު ކުރެއެވެ.
ހެންވޭރު ފެންޓެނޯއީ ގެއާއި އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހު 7:30 ހާއިިިރުކަމަށެވެ. އެ އަންހެން ކުއްޖާގެ މައްސަލާގައި، އެކުއްޖާ ވެއްޓުމާއި ހަމައަށް އެކުގައި އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރުމަށް މިހާރު ވަނީ ކޯޓު އަމުރަކަށް އެދިފައެވެ.
Ads by MACL
