ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަލާމަތީ ކައުންސިލްގެ ވެރިޔާ ލާރިޖާނީ އަވަހާރަވެއްޖެ ކަމަށް އިރާނުން ރަސްމީކޮށް އިއުލާންކޮށްފި

ސަލާމަތީ ކައުންސިލްގެ ވެރިޔާ ލާރިޖާނީ އަވަހާރަވެއްޖެ ކަމަށް އިރާނުން ރަސްމީކޮށް އިއުލާންކޮށްފި

އީރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީ އަވަހާރަވެެއްޖެކަން އިރާނުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިސްވެރިޔާ އަލީ ލާރިޖާނީ އަވަހާރަކޮށްލާފައިވާކަން، އެ ގައުމުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީ "މެހްރު ނިއުސް" އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެ މަޖިލީހުން ނެރުނު ބަޔާނެއްގައި ލާރިޖާނީ ސިފަކޮށްފައިވަނީ ގައުމުގެ ކުރިއެރުމަށްޓަކައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ.

އަދި އޭނާ ވަކިވެދިޔައީ މަތިވެރި ޝަހީދެއްގެ ގޮތުގައި ކަމަށްވެސް އެ މަޖިލީހުން ބުނެފައިވެއެވެ.
އީރާނުގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ އަލީ ލާރިޖާނީގެ އިތުރުން، ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ރޭގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާކަން އިޒްރޭލުން މިހާރު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނި ގޮތުގައި މި ދެ ބޭފުޅުންނަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައެވެ.