ގިނަ ރައްޔިތުން އެދޭ ގޮތަށް، އަދާލަތު ޕާޓީންވެސް ތާއީދު ކުރީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް!
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ފުރިހަމައަށް ތާޢީދު ކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފި އެވެ.
އެ ޕާޓީން މި ނިންމުން ނިންމީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.
މި ނިންމުން ނިންމީ މަޝްވަރާ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމަށް ފަހު ކަމަށް އަދާލަތުން ބުނެފައިވެ އެވެ.އަދާލަތު ޕާޓީން ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ”ފެންނަކަމަށް“ ވޯޓު ދެއްވުމަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައި ކަމަށެވެ.
Ads by BMLދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ވަނީ އިސްލާޙު ގެނެސްފަ އެވެ. އެ އިސްލާޙު ތަސްދީޤު ކުރެއްވުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފަ އެވެ.
އެ ވޯޓްގައި "ފެންނަ" ކަމަށް ވޯޓްލާން ސަަރުކާރު ހިންގާ ޕީއެންސީއާ ޖުމްހޫރީ ޕާޓީއާ އެމްޑީއޭ އިން ވަނީ އެދިފަ އެވެ. ކުރީގެ ވިސްނުން ބަދަލުކޮށް އެމްޑީޕީން ވަނީ އެ ވޯޓާއި ކުއްލިގޮތަކަށް ދެކޮޅު ހަދާފަ އެވެ. އަދި އެ ވޯޓްގެ ޙަޤީޤަތް އޮޅޭ ގޮތަށް ދަނީ އެކި ވާހަކަތައް ފަތުރަމުންނެވެ.
އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދަކީ ވެސް އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދު ކުރައްވާ ކުރީން ވާހަކަ ދައްކަވާފައިވާ ދެ ބޭފުޅުންނެވެ. މި ފަހަރުވެސް ނަޝީދު ފުރަތަމަ ވިދާޅުވީ އެގޮތަށެވެ. ނަަމަވެސް އެމްޑީޕީން އެ ވޯޓަށް ދެކޮޅު ހެދުމުން ފަހުން ނިންމުން ބަދަލުކުރެއްވީ އެވެ.
Ads by MACL
